ads
އައިމިނަތު ވަހީދާ ޓެކްސީ ކައިރީގައި--
އައިންތު ކާރަށް ގެއްލުންދިން މީހާ 21600 ރުފިޔާއިން ޖޫރިމަނާކޮށްފި
ރާއްޖޭގައި ހުރި ހަމައެކަނި އަންހެން ޓެކްސީ ޑްރައިވަރު އައިމިނަތު ވަހީދާގެ ޓެކްސީއަށް ގެއްލުން ދިން މީހާ، 21000 ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

އައިންތުގެ ކާރަށް އެންމެ ފަހުން ގެއްލުންދިނީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ. މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން އެ ކާރަށް ގެއްލުން ދިނެވެ. 

އެ މައްސަލައިގައި ގ. އާފަތިސް މުހައްމަދު ހަމްދޫން އަހުމަދުގެ މައްޗަށް މުދަލަށް ގެއްލުންދިންކަމުގެ ދައުވާ ދައުލަތުންކުރާއިރު އެކަމުގައި ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނީ މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ދައުވާ ލިބޭ ފަރާތުން ކުށަށް އިއުތިރާފުވެފައިވާ ކަމަށާއި މައްސަލަ އަވަސް ނިޔާއިން ނިންމުމަށްޓަކައި އަޑުއެހުމެއް ބާއްވާފައިވާ ކަމަށެވެ. 

އެގޮތުން ކުށްވެރިޔާގެ މައްޗަށް ދައުވާކުރެވިފައި ވީނަމަވެސް، އެމައްސަލައިގެ ޝަރީއަތް ނުފެށޭހާހިނދަކު، ކުށްވެރިޔާ އެ ކުރި ކުށަށް އިއުތިރާފުވެއްޖެނަމަ، އޭނާގެ މައްޗަށް ކަނޑައަޅަންޖެހޭ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ އެއް ދަރަޖަ ދަށްވާނެކަމަށް ރާއްޖޭގެ ގާނޫނުލްއުގޫބާތު ގެ 1106 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަމަށާއި އެ ދައުވާގެ އިބްތިދާއީ މަރުހަލާގަޔާއި އަވަސްނިޔާގެ އަޑުއެހުމުގައި ދައުވާލިބޭ ފަރާތުން ކުށަށް އިއުތިރާފްވެފައިވާތީ، އެ  މައްސަލައިގައި އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ އެއް ދަރަޖަ ދަށްކުރަންޖެހޭ ކަމަށެވެ. 

އެހެންކަމުން ހަމްދޫނުގެ ކުށުގެ ރެކޯޑަށް ބަލާއިރު އޭނާއަކީ ޖިނާއީ އެއްވެސް ކުށެއްގެ ރިކޯޑެއް އޮތް މީހެއް ނޫން ކަމުން، އޭނާގެ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމްގެ ބަދަލުގައި 21،600 ރުފިޔާ ދެއްކުމަށް ވަނީ ހުކުމްކޮށްފަ އެވެ. އެގޮތުން އެ ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކާ ހަލާސްކުރުމަށް ވެސް ހުކުމްގައިވެ އެވެ. 

ދިރިއުޅޭ ގެ ކައިރީގައި ޑްރަގް ކޯޓު ކުރިމަތީގައި މިދިޔަ އޮކްޓޫބަރު މަހުގެ 26 ގައި ޕާކުކޮށްފައި އޮއްވާ އައިމިނަތުގެ ކާރަށް ގެއްލުންދީފައިވާއިރު އެއީ އޭނާގެ ކާރަށް ގެއްލުންދިން ފަސް ވަނަ ފަހަރު ކަމަށް އައިންތު ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް