ads
ވީޑިއޯ ރިޕޯޓް-
ރަސްމީ ހެދުމަކަށް މުންޑާ ގަމީސް އަދި ކަނޑިއްކާ ލިބާސް!
ދިވެހިރާއްޖެ، އަކީ ދެކުނު އޭޝިޔާގެ ހިންދު މާކަނޑު ގެ ތެރޭގައި، އޮޅުދޫ ކަރައިގެ ހުޅަނގު ފަރާތުން ހައްތުސްތަވާ މަތީގައި އުތުރުން ދެކުނަށް ފެތުރިފައި އޮންނަ ކުޑަ ޖަޒީރާ ގައުމެކެވެ.

ދިވެހިރާއްޖޭގެ ބިމުގެ ބޮޑުމިނަކީ، 298 ކިލޯމީޓަރެވެ. އެއީ، 115 ކިލޯ މޭލެވެ. ދިވެހިރާއްޖެއަކީ ދުނިޔޭގައިވާ މިނިވަންވެފައި ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ އެއް ޤައުމެވެ.

ޝިހާބުގެ ވާހަކަ: 35 ވަނަ މިނެޓު

Hon. Ibrahim Shihab on Republic Day 1987

ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އަލް މަރްހޫމް އިބްރާހިމް ޝިހާބް މީގެ 43 އަހަރު ކުރިން ދެއްކެވި ވާހަކަފުޅުގައި އެ ވިދާޅުވަނީ ކިހާ ބޮޑު ތެދުފުޅެއްތޯއެވެ؟ 

ރާއްޖެއަކީ ކޮންގައުމެއްކަން ނުދަންނަ މީހަކު އޭރުވެސް ނެތެވެ. ދިވެހިންނަކީ ކޮންބައެއްކަން ދުނިޔެ ދަންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. ރާއްޖެ ރާއްޖެއަށް ވަނީ އަމިއްލަ ވަންތަކަމުގެ ސަބަބުންނެވެ. ދިވެހިން ދިވެހިންނަށް ވަނީ ވެސް ދިވެހިންގެ އަމިއްލަވަންތަކަމުގެ ސަބަބުންނެވެ. 

ރާއްޖެއަކީ ކޮންމެ ކަމެއްގައިވެސް އަމިއްލަވަންތަކަށް ކުރިން އޮތް ގައުމެކެވެ. އެގޮތުން ކެއުން ބުއިމާ، އަންނައުނާ، ގެދޮރު އެޅުމާ، އޮޑި ދޯނިފަހު ބަލާލި ނަމަވެސް ފެންނާނީ ދިވެހިންގެ އަމިއްލަ ވަންތަކަމެވެ. ނަމަވެސް މި އަމިއްލަވަންތަކަށް ގެއްލޭފަދަ ބައެއްކަންކަން ދިވެހިންގެ ދިރިއުޅުމުގެ ތެރެއަށް ވަދެއެވެ. 

އަމިއްލަ ވަންތަކަމުގެ ތެރެއިންވެސް ގެއްލުން ހުރި ކަންކަން ދޫކޮށްލުން ކިތަންމެހާވެސް ރަނގަޅެވެ. ނަމަވެސް، ފައިދާހުރި ކަންކަމުގައި ހިފަހައްޓައިގެން ތިބުން މުހިންމެވެ. މިގޮތުން ދިވެހިރާއްޖޭގައި އިހުޒަމާނުގައި ބޭނުންކުރި ސަގާފީ އަންނައުނަކީ ނުހަނު ޗާލު އަދި ރާއްޖެއާއި ނުހަނު ގުޅޭ ހެދުންތަކެވެ. ލޮލަށް ބަލައިލަން ރީތީ އެކަންޏެއް ނޫނެވެ. ރާއްޖޭގެ މޫސުމާވެސް ގުޅެއެވެ. އުޅެންވެސް ފަސޭހައެވެ. ދިވެހި ވަންތައެވެ. 

ދިވެހިރާއްޖެއަކީ ގާތް ގަނޑަކަށް 12 ގަޑީއިރު އިރުގެ އަލިކަން ލިބޭ އަދި  ގާތްގަނޑަކަށް 12 ގަޑީރު އިރު އޮއްސިފައި އޮންނަ ގައުމެކެވެ. ރާއްޖެ އޮންނަނީ ދުނިޔޭގެ މެދުގައި އޮންނަ އީކުއޭޓާގެ ވެސް މަތީގައެވެ. މިހެންކަމުން ރާއްޖެއަކީ "ޓްރޮޕިކަލް" ނުވަތަ "ހޫނު" ގައުމެކެވެ. 

ދިވެހިރާއްޖޭގައި ރަސްމީ ހެދުމުގެ ގޮތުގައި ފިރިހެނުން ބޭނުންކުރާ ކޯޓާ، ބޫޓާ، ޓައި އަދި ފަޓުލޫނު ލައި ބެގީ ކުރުމަކީ މިފަދަ "ޓްރޮޕިކަލް" ގައުމަކާ ގުޅޭ ކަމެއް ނޫނެވެ. ރާއްޖެއާ އަސްލު ގުޅެނީ މުންޑާ ގަމީހެވެ. ބޮލުގައި އަޅަން ފޮށައެވެ. މިގޮތައް ހެދުން އަޅައިފިނަމަ ރާއްޖޭގެ މޫސުމާވެސް ގުޅޭނެއެވެ. މަސައްކަތުގެ މާހާއުލުގައި އުޅެން ވެސް ފަސޭހަވާނެއެވެ. 

ރާއްޖޭގައި ރަސްމީ ހެދުމުގެ ގޮތުގައި ބޭނުންކުރި ދިގު ހެދުމަކީ ވެސް، ދިވެހިރާއްޖޭގެ އާސާރީ ސަގާފީ ހެދުމެއް ކަމަށް ބުނެވޭކަށް ނެތެވެ. އެއީ 1942 ގެ " ދިވެހިރާއްޖޭގައި އޭރު އޮތް ރައްޔިތުންގެ މަޖިލީހުން، ފާސްކުރި "ދިވެހި އަންހެނުން ހެދުން އެޅުމާބެހޭ ބިލް"، ފާސްކޮށް ދިވެހި އަންހެނުންގެ ރަސްމީ ހެދުމެއް އުފެއްދުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާއެވެ.

އޭރު ރަސްކަމުގައި ހުންނެވި ، އައްސުލްޠާން ޙަސަން ނޫރައްދީން (2 ) އެވެ.  މިދެންނެވި ގާނޫނު ތަސްދީގު ކުރައްވައި، އޭރުގެ ވަޒީރުއް ދާހިލިއްޔާ އަލްއަމީރު ހަސަން ފަރީދު ދީދީއަށް، އެ ގާނޫނަށް އަމަލު ކުރެއްވުމަށް އެންގެވިއެވެ.

އޭރުވެސް މަޖިލީހުގެ ކޮމެޓީއެއް އެކުލަވާލައި މި ހެދުން ފާސްކުރުމަށް ޑިޒައިނެއްގެ ގޮތުގައި ބަލާފައިވަނީ ބޯވަޅު އެޅި ލިބާހެވެ. ނަމަވެސް އެހެން ހެދުމެއް އަންހެނުނަށް ކަނޑައެޅުނީ އޭރު ލިބާހާއި ކަނޑިކި ލިބެން ދަތި ވުމުންކަން ވެސް ހާމަވެއެވެ.  އެކަން ހާމަވީ "ދިވެހިރާއްޖެ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި" މި ފޮތުގައި މުހައްމަދު އަމީނު ލިޔުއްވާފައިވާ ލިޔުންކޮޅެއްގެ ސަބަބުންނެވެ.

އެ ލިމުގައި ބުނެފައިވަނީ " އަންހެނުންގެ ލިބާސް ލިބޭކަށް ނެތެވެ. ފޭލި ލިބޭކަށް ނެތެވެ. މިދެންނެވި ތާރީޚީ ދުވަހު ހުއްދަ ދެވިގެން، އެ ހުއްދައިގެ ނަތީޖާއެއްގެ ގޮތުން އުފެދުނު ހެދުންތަކަކީ، މިހާރު މި ގެންގުޅޭ ނަންބަރު ހެދުންތައް" ކަމަށެވެ.

އަހަރެންގެ ނަޒަރުގައި ދިވެހިރާއްޖޭގައި އަންހެނުންގެ ރަސްމީ ހެދުމަކަށް ވާން އެންމެ އައުލާކަން ބޮޑީ ދިވެހި އަންހެނުންނާ ގުޅެނީ ބޯވަޅުއެޅި ލިބާހާއި، ފޭއްޔާއި، ރުމާލެވެ. އަދި ފިރިހެނުން ރަސްމީ ހެދުމަށް ވާންވީ މުންޑާ ގަމީހާއި ފޮށައެވެ.  

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް