ads
މިނިސްޓަރު އަސްލަމް--
ގަބޫލުކުރަންވީ 1 ކޮޓަރީގެ ފުލެޓު ތަކަކީ ނެތް ތަންތަން ގޮތުގަ: އަސްލަމް
ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ އެއް ކޮޓަރީގެ ފްލެޓްތަކަކީ ނެތް ތަންތަން ގޮތުގައި ގަބޫލުކުރުމަށް ޕްލޭނިން މިނިސްޓަރު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ، ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު އަމާޒުކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން ހިޔާ ފްލެޓްތަކުގެ އެއް ކޮޓަރީގެ އެޕާޓްމަންޓުތަކާއި ގުޅޭގޮތުން މިނިސްޓަރު ކުރިން އެއީ ނެތް ތަންތަން ކަމަށް ވިދާޅުވެފައި، ފަހުން އޭގެ ތެރެއިން ބައެއް އެޕާޓްމަންޓު ހުރިކަމަށް ވިދާޅުވުމުން، ރަނގަޅު ގޮތަކީ ކޮބައިތީ ސުވާލު އުފެއްދުމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ގަބޫލުކުރަންވީ އެއީ ނެތް ތަންތަން ގޮތުގައި ކަމަށެވެ.

މިނިސްޓަރު އަސްލަމް ވިދަޅުވީ، އެއް ކޮޓަރީގެ އެޕާޓްމަންޓުތައް އަޅަން 2017 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި 20 ކުންފުންޏަކާއި އެކު އޭރުގެ ސަރުކާރުން ސޮއެކުރި އެގްރިމެންޓުގައި، އިމާރާތްކުރާ ފްލެޓްތަކުގެ ތެރެއިން 1 ކޮޓަރީގެ އެޕާޓްމަންޓު ތަކުގެ 50 އިންސައްތަ، 38 ހާސް ޑޮލަރުގެ ރޭޓުން ސަރުކާރަށް ވިއްކަން ޖެހޭނެކަމަށް ހިމަނާފައިވާ ކަމަށާއި، ނަމަވެސް އެ އެޕާޓްމަންޓުތައް ވިއްކަން ޖެހޭނީ ސަރުކާރުން އެ އެޕާޓްމަންޓުތައް ގަންނާނެ ކަމުގެ ލިއުމެއް އެ ކުންފުނިތަކަށް ދިނުމުން ކަމަށް އެގްރިމެންޓުގައި ވާކަމަށެވެ. 

ނަމަވެސް މިނިސްޓަރު ވިދާޅުވީ، އެގްރިމަންޓުގައި ބުނެފައި އެވާ "ޕާޗޭސް ގެރެންޓީ" ސަރުކާރުން އެ ކުންފުނިތަކަށް ދީފައި ނުވާކަމަށާއި، 20 ކުންފުނީގެ ތެރެއިން މަސައްކަތް ކުރިއަށް ގެންދިޔަ މަދު ފަރާތްތަކަށްވެސް އެ ގެރެންޓީ ދީފައި ނުވާކަމަށެވެ. އެހެންކަމުން އެއީ ސަރުކާރަށް ދޭންޖެހޭ ގޮތަށް އޮތް ތަންތަނެއް ނޫން ކަމަށާއި، އަދި އެއީ އެގްރިމެންޓުގައި ސަރުކާރުން ކުރަންޖެހޭނެ ކަމަށް ބުނެފައިވާ ކަމެއް ކޮށްފައި ނެތުމުގެ އިތުރަށް، އެ ފްލެޓް ތަކަކީ ސީދާ ސަރުކާރުގެ ޕްރިޖެކްޓެއްގެ ދަށުން ކުރިއަށް ގެންގޮސްފައިވާ މަސައްކަތެއް ނޫން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. 

މިނިސްޓަރު އަސްލަމް ވިދާޅުވީ، އެ 20 ކުންފުނީގެ ތެރެއިން ބައެއް ކުންފުނިތަކުން އެއްގޮތަކަށްވެސް މަސައްކަތް ފަށާފައިވެސް ނުވަކަމަށާއި، އަދި މަސައްކަތް ކުރިއަށް ގެންދަމުން އައިސްފައިވަނީ މަދު ކުންފުނި ތަކަކުން ކަމަށެވެ. އެގޮތުން މިހާރު އެގްރިމެންޓު ބާތިލު ނުކުރެވި އޮތީ 7 ފަރާތެއްގެ ކަމަށާއި، އޭގެތެރެއިންވެސް މަސައްކަތް ކުރިއަށް ގެންދަނީ އެންމެ 3 ކުންފުންޏަކުން ކަމަށެވެ. އަދި އެއީ އެމްއޭސީއެލް، އެމްޑަބްލިއުއެސްސީ، އަދި އެމްޕީއެލް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް