ads
ރައީސް ސޯލިހު، ވޭމަންޑޫ ކައުންސިލް މެމްބަރުންނާއި އެކު..
ވޭމަންޑޫގެ ހާލަތު ބެއްލެވުމަށް ރައީސް ގުޅުއްވި: އަބްދުﷲ ރިޔާޒް
ވޭމަންޑޫ އިންޖީނުގޭގައި ހިނގާދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސް ފޯނުން ގުޅުއްވައި މައުލޫމާތު ހޯއްދެވިކަމަށް، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ވޭމަންޑޫ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި އިންޖީނުގެ އެއްކޮށް ކަހަލަ ގޮތަކަށް އަނދާ ހުލިވެފައި ވާއިރު، އެރަށް މިވަގުތު އޮތީ ކަނު އަނދިރީގައެވެ. 

ވޭމަންޑޫ ހިމެނޭ ދާއިރާ ކަމަށްވާ ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވޭމަންޑޫ އިންޖީނުގޭގައި ހިިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސް ސޯލިހު ފޯނުން ގުޅުއްވައި މައުލޫމާތު ހޯއްދެވި ކަމަށާއި، އަދި ރައްޔިތުންނަށް އަވަހަށް ކަރަންޓު ލިބޭނެގޮތް ސަރުކާރުން ހަމަޖައްސަވައި ދެއްވާނެކަމަށް ވިދާޅުވި ކަމަށެވެ. 

އޭގެ އިތުރުން އަބްދުﷲ ރިޔާޒް ވަނީ، ސަރުކާރުގެ ހުރިހާ އިދާރާއެއް ގުޅިގެން ކުރައްވާ މަސައްކަތައް ޝުކުރު އަދާކުރައްވާފައެވެ. 

ވޭމަންޑޫ އިންޖީނުގޭގައި ހިނގާދިޔަ އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެރަށް ކަނު އަނދިރީގައި އޮތްއިރު އެކަން ހައްލުކުރުމަށް އާ 2 ޖެނެރޭޓަރު އެރަށަށް ގެންދިއުމުގެ މަސައްކަތް ފެނަކައިން އަންނަނީ ކުރަމުންނެވެ. އެއީ 600 ކިލޯވޮޓާއި 400 ކިލޯވޮޓުގެ މުޅިން އާ ދެ ޖެނަރޭޓަރެވެ. 

އަދި މީގެއިތުރުން އަލިފާނުގެ އަސަރުކުރި އެއް ޖަނަރޭޓަރު މަރާމާތު ކުރެވޭތޯ މިހާރުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ވޭމަންޑޫ ކައުންސިލްގެ ފަރާތުން ވަނީ މައުލޫމާތު ދީފައެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް