ads
މަލައިކާ
މަލައިކާގެ ޗާލު ހަށިގަނޑުގެ ސިއްރު އިނގޭތަ؟
މަލައިކާ އަކީ ބޮލީވުޑްގެ ތަރިންތަކުގެ ތެރެއިން އެންމެ ފިޓު އެއް ތަރި އެވެ. އަދި އޭނާ އެންމެ ޝައުގުވެރިކަން ހުންނަ އެއްކަމަކީވެސް ފިޓްނަސްއެވެ.

ރަނގަޅު ސިއްހަތެއްގައި ދެމިހުރެވޭނެ ގިނަ ޓިޕްސްތަކެއް ފޭނުންނާއި ހިއްސާކުރާ މަލައިކާ މިފަހަރު މިވަނީ ފިޓު ހަށިގަނޑަކަށް އޭނަ ކޮންމެ ދުވަހަކު ކުރާ ކަންތަައްތައް ހިއްސާކޮށްފައެވެ.

އެގޮތުން މަލައިކާ ބުނީ ރަނގަޅު ސިއްހަތެއްގައި ހުރުމަށް އެންމެ މުހިންމު އެއްކަމަކީ ކޮންމެ ދުވަހަކުވެސް ދިރިއުޅުމުގެ ކަންތައްތައް ކުރާނެ ގޮތުގެ ތަރުތީބު އުސޫލެއް ކަނޑައެޅުން ކަމަށެވެ. 

އެގޮތުން އޭނާ ކޮންމެ ދުވަހެއްވެސް ފަށަނީ ހެނދުނުގެ ޔޯގާއިން ކަމަށާއި އެއަށްފަހު ބޭރަށް ނިކުމެ އެހެން ފިޓްނެސް ހަރަކާތްތައް ކުރަން ފަށަނީ ކަމަށެވެ. އޭގެތެރޭގައި ހިނގުމާއި، ދުވުން އަދި ފެތުންވެސް ހިމެނޭކަމަށް މަލައިކާ ބުނެއެވެ. 

your imageމަލައިކާ ޔޯގާ ސެޝަންއެއްގައި

މަލައިކާ ބުނީ ކޮންމެ ދުވަހަކުވެސް ވަކި ވަގުތެއް ވަންދެން ހިނގުމަކީ ހަށިގަނޑު ދުޅަހެޔޮ ސިއްހަތެއްގައި ބެހެއްޓުމަށް ކޮންމެހެން ކުރުން ވަރަށް މުހިންމު ކަމެއްކަމަށެވެ. އެގޮތުން އޭނާ ކޮންމެ ދުވަހަކުވެސް އެންމެ މަދުވެގެން 30 މިނެޓް އެކަމަށް ހޭދަކުރާކަމަށް މަލައިކާ ބުނެއެވެ.

ކަސްރަތުގެ ތެރެއިން މަލައިކާ އެންމެ ގަޔާވެގެން ކުރާ އެއްކަމަކީ ޔޯގާ އެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް 60 މިނެޓް ޔޯގާ ސެޝަންގައި އޭނާ ހޭދަކުރެއެވެ.

your imageމަލައިކާ ޔޯގާއަށްފަހު ބޭރު ކަސްރަތުތަކަށް ދަނީ

މަަލައިކާ ބުނީ އޭނާ ޑައިޓް ގަބޫލު ނުކުރާކަމަށާއި ސިއްހަތަށް ފައިދާހުރި އަދި ހަށިގަނޑު އެންމެ އެދޭ މިންވަރަކަށް އަބަދުވެސް ކައި އުޅޭ ކަމަށެވެ. އަދި ކުޑަކޮށް ފަލަވާހެން ހީވާނަމަ ޔޯގާގެ އިތުރުން ހިނގުން ގިނަ ކުރާކަމަށް މަލައިކާ ބުނެއެވެ. 

މަަލައިކާ ބުނީ ދުޅަހެޔޮ ރީތި ހަށިގަނޑެއް ހޯދުމަށް ކޮންމެހެން ވަކި ޑައިޓެއް ނަގަން ނުޖެހޭކަމަށާއި ހަށިގަނޑަށް ފައިދާހުރި ކާނާ ބޭނުންކުރުމާއިއެކު ކޮންމެ ދުވަހަކުވެސް ކަސްރަތުގައި ވަގުތުކޮޅެއް ހޭދަކުރުން މުހިންމު ކަމަށެވެ.  

އޭނާގެ ހަށިގަނޑު އެއްވަރެއްގައި ޗާލު ބައްޓަމެއްގައި ބެހެއްޓުމަށް އޭނާއަށް އެހީވެދެނީ ޔޯގާ އާއި ފައިދާހުރި ކާނާ އަދި ކޮންމެ ދުވަހަކު ކުރާ ކަސްރަތު ކަމަށް މަލައިކާ ބުނެއެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް