ads
ގާސިމް ހަސަން (ކ) ގައި އަދި އަދުހަމް މުހައްމަދު (ވ)ގައި
ވާރިިސުންގެ ކިބައިން މާފަށްއެދި، އަނެއްކާވެސް ކުށަށް އިއުތިރާފްވެއްޖެ
ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލައިގައި ދައުލަތުން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކޮށްފައިވާ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދު ގާސިމްގެ ވާރިސުންގެ ކިބައިން މާފަށް އެދި، އަނެއްކާވެސް ގާސިމް މަރާލި ކަމުގެ ކުށަށް އިއުތިރާފް ވެއްޖެ އެވެ.
Advertisement

އަދުހަމް ކުށަށް އިއުތިފާރުވެފައިވަނީ މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި މި މައްސަލައިގެ އަޑުއެހުމެއްގަ އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދުގެ ޝަރީޢަތް ފަށާފައިވަނީ މައްސަލަ މައުލުއީ ގޮތުން ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައެޅުމަށް ފަހު ކަމަށެވެ.

އެގޮތުން މިއަދުގެ އަޑުއެހުމުގައި އަދުހަމް ކުށަށް އިއުތިރާފްވި ނަމަވެސް، ގާސިމް މަރާލީ ގަސްދުގައި ނޫން ކަމަށް ބުނެފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މީގެ އިތުރުން އަދުހަމް ވަނީ މި ހާދިސާ ހިނގާ ދިޔަގޮތް ޝަރީއަތުގައި ހުލާސާކޮށް ކިޔައި ދީފައި ކަމަށާއި، ފުލުހުންގެ ތަހުގީގުގައި ކަން ހިނގާ ދިޔަ ގޮތް ކިޔައިދީފައިވާނެ ކަމަށް ޝަރީއަތުގައި ބުނެފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. 

އަދުހަމް ވަނީ މި ހާދިސާ ހިނގި އިރު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް މިއަދުގެ ޝަރީއަތުގައި ބުނެފައެވެ. އަދި ގާސިމަށް ވަޅިން ހަމަލާ ދިނީ އެއްވެސް ނުފޫޒެއް ނެތި ކަމަށްބުނެ މިއަދުގެ ޝަރީއަތުގައި ގާސިމްގެ ވާރިސުންގެ ކިބައިން އަދުހަމް މައާފަށް އެދުނު ކަމަށް ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވިއެވެ. 

މީގެ އިތުރުން މިއަދުގެ ޝަރީއަތުގައި އަދުހަމް ވަނީ އޭނާ ކުރިން ފުލުހުންނަށް ކުރި ތުހުމަތުތައް ދޮގު ކޮށްފައެވެ. އަދި ފުލުހުންނަށް ކުރިން ކުރި ތުހުމަތު ތަކަކީ "ގޮޅި ތެރޭގައި" ތިބި މީހުންގެ މަޝްވަރާގެ މަތިން ކުރިން ކަމެއް ކަމަށް މިއަދުގެ ޝަރީއަތުގައި އަދުހަމް އިއުތިރާފްވި ކަމަށް ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އަދި މިއަދުގެ ޝަރީއަތުގައި ކުށަށް އެއްބަސްވީ އެއްވެސް މަޖުބޫރު ކަމެއް ނެތި ކަމަށް އަދުހަމް ބުނެފައިވެއެވެ.

މިއަދުގެ ޝަރީއަތުގައި އަދުހަމް ކުށަށް އިއުތިރާފްވެ، އެ އަމަލަކީ ގަސްދުގައި ކުރި ކަމެއް ނޫން ކަމަށް ބުނެ، އޭނާގެ ނިޔަތަށް އިންކާރު ކުރުމުން، އެކަމަށް ބާރުދޭ ހެއްކާއި ގަރީނާ ޕީޖީން ހުށަހެޅި ކަމަށް ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އަދި ކުރިއަށް އޮންނާނީ އެ ހެކިންގެ ހެކިބަސް ނެގުން ކަމަށް ވިދާޅުވިއެވެ.

މީގެ ކުރިން އަދުހަމް ވަނީ ގަސްދުގައި މީހަކު މަރާފައި ނުވާނެ ކަމަށާއި، ކުރިން އިއުތިރާފްވީ މަސްތުގެ ހާލުގައި ހުރެގެން ކަމަށް ބުނެފައެވެ. އަދި އޭނާ ކޯޓަށް ގެންނަނީ މަސްތުގެ ހާލަތުގައި ބަހައްޓައިގެން ކަމަށާއި، އެކަން ކުރަނީ ފުލުހުން ކަމަށް އަދުހަމް ތުހުމަތު ކޮށްފައިވެއެވެ. އަދުހަމް ވަނީ އޭނާއަށް ހޭވެރިކަންވީ ކަރެކްޝަންސްގެ ބެލުމުގެ ދަށުން މާފުއްޓަށް ގެންދިއުމުން ކަމަށް ބުނެފައެވެ.  

ނަމަވެސް މިއަދުގެ ޝަރީއަތުގައި އޭނާގެ ބަސްމަގު އަލުން މިވަނީ ބަދަލުކޮށްފައެވެ. އަދި ކުރިން ބުނި ބަސް އަމިއްލައަށް ދޮގު ކޮށްފައެވެ. 

ތޫނު އެއްޗަކުން ހަމަލާދީ ގާސިމް މަރާލާފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ތެރޭގައެވެ. ގާސިމް މަރާލުމަށް ފަހު ފިލައިގެން އުޅެނިކޮށް ފުލުހުން އަދުހަމް ހޯދައި ހައްޔަރު ކުރީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ.  

އަދުހަމަކީ ވައްކަމާއި ފޭރުމުގެ ކުށުގެ ރިކޯޑް އޮންނަ މީހެކެވެ. ގާސިމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި އޮއްވާ ހުޅުމާލެއިން ފެނުނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް