ads
އަހްމަދު ނިހާން ހުސައިން މަނިކު
ނިހާނަށް ކުރާ ދައުވާތަކަށް ޖަވާބުދާރީވާން އިތުރު ފުރުސަތެއްދީފި
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ދައުލަތަކަށް ޖަވާބުދާރީވާން ކްރިމިނަލް ކޯޓުން އިތުރު ފުރުސަތެއް ދީފި އެވެ.
Advertisement

ން ނިހާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަ ދައުވާއަކީ، ރިޝްވަރު ހިފުމުގެ ދައުވާ، މަނީ ލޯންޑަރިންގެ ދައުވާ، ރިޝްވަތު ލިބިގަތުމަށް އެދުނު ކަމުގެ ދެ ދައުވާއެއް އަދި ރިޝްވަތުގައި ހިފުމުގެ ދެ ދައުވާ އެކެވެ.

މިއަދުގެ އަޑުއެހުމުގައި ނިހާންގެ ވަކީލުންގެ ޓީމުން ބުނީ ދައުލަތުން ހުށަހެޅި ބައެއް ލިޔެކިޔުންތައް ސާފު ނުވާ ކަމަށާއި ޖަވާބުދާރީވުމުގެ ކުރިން އެކަން ސާފުކުރަން ބޭނުންވާ ކަމަށެވެ. އެހެންވެ، ކޯޓުން ވަނީ ޖަވާބުދާރީވުމަށް އިތުރު ފުރުސަތެއް ނިހާނަށް ދީފަ އެވެ. 

ނިހާންގެ މައްޗަށް ހަ ދައުވާ އުފުލާ، ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހެޅުމަށް ފަހު ޕީޖީން ވަނީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރުކަމުގައި އަދި މާލިއްޔަތު ކޮމެޓީގެ މުގައްރިރުގެ މަގާމުގައި ނިހާން ހުރިއިރު، މަގާމުގެ ހައިސިއްޔަތުން އަދާ ކުރަންޖެހޭ މަސްއޫލިއްޔަތުތައް ވަކި ގޮތަކަށް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމުގެ މުގާބިލުގައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގާތު ރިޝްވަތަށް އެދި، އަދި އަދީބު ދީފައިވާ ރިޝްވަތު ހިފައި، ކުށް ކޮށްގެން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި، އެ ފައިސާ ބޭނުންކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށް މައުލޫމާތު ދީފައެވެ. 

އަދި ނިހާން އަށް ލިބިފައިވާ މިފަދަ އެއްވެސް ފައިސާއެއް ލިބުނުކަން އޭނާ 2014 އިން ފެށިގެން 2019 އާ ދެމެދު ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ހިމަނާފައިނުވާ ކަމަށާއި މި މައްސަލާގައި އުފުލާފައިވާ ދައުވާތަކާ ގުޅިގެން އޭނާ ކުށްކޮށްގެން ހޯދާފައިވާ ފައިސާ އަދި އެއްކޮށްފައިވާ މުދާ އަދި ފައިސާ ދައުލަތަށް ނަގައިދިނުމަށް ކޯޓުގައި އެދިފައިވާނެ ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

އެ މައްސަލައިގައި ވަކި ގޮތެއް އަންގަންދެން އޮތީ ނިހާންގެ ޕާސްޕޯޓް ހިފަހައްޓާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް