ads
ދިއްގަރު--
އުދައަރާ ލޮނުވި ދިއްގަރުގެ ފެންފަށަލަ ރަނގަޅުވާން ފަށައިފި
އާބާދީގައި 1416 މީހުން އުޅޭ މ. އަތޮޅު ދިއްގަރަށް މިމަހުގެ ނުވަ ވަނަ ދުވަހު ހުއްޓުމެއް ނެތި ހަތް ގަޑިއިރު އުދަ އެރުމުގެ ސަބަބުން އެރަށުގެ ތަގައްޔަރުވީ ފެންފަށަލަ މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ކައުންސިލްގެ ރައީސް އަހުމަދު ނިސާން ވިދާޅުވެއްޖެ އެވެ.

ނިސާން ސީއެންއެމްއަށް ވިދާޅުވީ އެރަށަށް އުދައަރަނީ އިރުމަތީ ފަރާތުން ކަމަށާއި އެހެންވެ މިހާރު އެ ސަރަހައްދުގައި ތޮށިލުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއަށް ހަވާާލުކޮށްފައި ކަމަށެވެ.

"އެ މަސައްކަތް ނުކުރެވި ދިގުދެމިގެން ދިޔަނަމަވެސް މިހާރު ވަރަށް އަވަހަށް ތޮށިލުމުގެ މަސައްކަތް ފަށާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައި. އޭގެ ފަހުން ވެސް އެރަށަށް ވަނީ އުދައަރާފައި ނަމަވެސް މީހުން އުޅޭ ސަރަހަށްދަށް އަސަރުކޮށްފައިނުވޭ،" ނިސާން ސީއެންއެމް އަށް ވިދާޅުވި އެވެ.

ދިއްގަރަށަށް މިމަހުގެ ނުވަ ވަނަ ދުވަހު އުދައަރާފައިވާއިރު ރަށުގެ 14 ގެއަކަށް ފެން ވަދެފައިވެ އެވެ. ލޮނުގެ ސަބަބުން ހަތް ގެއެއްގައި އިންދާފައިވާ ގިނަ ގަސްތަކެއް ވެސް މަރުވި އެވެ. އަދި ރަށުގެ 50 އިންސައްތައަށް ވަނީ ލޮނުގެ އަސަރުކޮށް ރަށުގެ ފެންފަށަލަ ތަގައްޔަރުވެފަ އެވެ.

އަދި 2021 ވަނަ އަހަރުގައި ބަޖެޓްގައި ރަށުގެ އުދަ އަރާއި ސަރަހައްދުގައި ހިލަތޮށިލުމަށް ސަރުކާރުން ރާވާފައިވާއިރު އެ މަސައްކަތް ވީހާ ވެސް އަވަހަށް ކޮށްދިނުމަށް ނިސާން އެދިލައްވަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް