ads
ޖަންކީ--
ވިހެއުމަށް ފަހު ޖަންކީ އުދާސްތައް ބަންޑުންކޮށްލައިފި
އިންޑިއާގެ މަޝްހޫރު ޓީވީ އެކްޓަރު ނަކުލް މެހެތާ އާއި އޭނާގެ އަންހެނުން ޖަންކީ ޕަރެހް، އެމީހުންގެ ފުރަތަމަ ދަރިފުޅަށް މަރުހަބާ ކިޔާފައި ވަނީ މީގެ ކުޑަ ދުވަސްކޮޅެެއް ކުރިންނެވެ.

މިމަހުގެ ތިން ވަނަ ދުވަހު، ޖަންކީ ވިހާފައިވާއިރު ވިހެއުމަށް ފަހު ޖަންކީ މިވަނީ އޭނާގެ އުދާސްތައް ބަންޑުންކޮށްލާފަ އެވެ. 

މަންމައަކަށް ވުމުންނާއި ނުވަ މަސް ދުވަހުގެ އެ ދަތުރުގައި ދިމާވި ތަކްލީފްތަކުގެ ވާހަކަތައް އޭގެ ތެރޭގައި ހިމެނެ އެވެ. 

އެގޮތުން އިންސްޓަގްރާމު މެދުވެރިކޮށް ހިއްސާކުރި ފޮޓޯއެއްގެ ކެޕްޝަނުގައި ބުނީ ފާއިތުވި 20 ދުވަހަކީ އޭނާގެ ހަޔާތުގައި މީގެ ކުރިން ސިފަ ވެސް ނުވާ ފަދަ ދުވަސްތަކެއް ކަމަށެވެ. "ސޫފީ" ދުނިޔެއަށް އައުމާއެކު އެމީހުންގެ ދިރިއުޅުން އެކީ ބަދަލުވެފައިވާ ކަމަށް ވެސް ބުންޏެވެ. 

އެހެންނަމަވެސް ކުޑަކުޑަ އެ ދަރިފުޅާއެކު އުޅެން ޖެހިފައިވާ ދުވަސްތަކުގެ ތެރެއިން އެއް ބައި ދުވަސްތަކަކީ ވަރަށް ހިތްހަމަޖެހޭ ދުވަސްތަކެއް ކަމަށާއި އަނެއް ބައި ދުވަސްތަކަކީ ވަރަށް އުނދަގޫ ދުވަސްތަކެެއް ކަމަށް ބުންޏެވެ.

އަދި ބައެއް ފަހަރު ދަންވަރުގެ ވަގުތުގައި ދިމާވާ ކަންކަމާއެކު ބިރުން ހުރެ ޑޮކްޓަރަށް ގުޅަން ޖެހުން ފަދަ ހާސްކަން ގެނުވާ ކަންކަން ވެސް ދިމާވާ ކަމަށް ބުންޏެވެ. އެހެންނަމަވެސް އެ ހުރިހާ ހާސްކަމެއް ވެސް ދަރިފުޅުގެ ހިނިތުންވުމާއެކު ދާކަމަށް ބުނެފައިވެ އެވެ.

ނަކުލް އާއި ޖަންކީ ކައިވެނިކުރީ 2012 ވަނަ އަހަރުގެ ތެރޭގަ އެވެ. 

ނަކުލް އަކީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ފަންނާނެކެވެ. ސްޓާޕްލަސް އިން ދެއްކި އިޝްގްބާޒުން ލީޑު ރޯލުން ފެނިގެން ދިޔަ ނަކުލް ވަނީ 2012 ވަނަ އަހަރު ސްޓާޕުލަސް އިން ދެއްކި "ޕިޔާރް ކާ ދަރްދު ހޭ" އިން ވެސް ފެނިގެން ގޮސްފަ އެވެ. އެހިސާބުން އޭނާ މަގްބޫލުވީ އަދީގެ ރޯލުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް