2020 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެމްބަރަކަށް 22 މިނެޓް ދިނުމަށް ނިންމައިފިއެވެ.

Advertisement
2020 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެމްބަރަކަށް 22 މިނެޓް ދިނުމަށް ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، 2020 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރުމަށް ކޮންމެ މެމްބަރަކަށް ވެސް ޖުމުލަ 22 މިނެޓް ލިބޭނޭ ކަމަށެވެ.
އެގޮތުން ފުރަތަމަ މަރުހަލާގައި ކޮންމެ މެމްބަރަކަށް 15 މިނިޓް ދިނުމަށް ކަނޑައަޅާފައިވާކަމަށެވެ. އަދި ކޮންމެ މެމްބަރަކަށް، ކޮމިޓީން ބަޖެޓް ފާސްކުރުމަށްފަހު ތަޅުމަށް ހުށަހެޅުމުން ބަޖެޓަށް ވާހަކަ ދައްކަން 7 މިނެޓްގެ ވަގުތުކޮޅެއް ލިބިގެންދާނެކަމަށް މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވި އެވެ.
މަޖިލީހުގައި ބަޖެޓަށް ބަހުސްކުރުމަށް ނިންމާފައިވަނީ އަންނަ ހަފްތާގައެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ ބަޖެޓަށް ބަހުސްކުރުން ކުރިއަށް ގެންދާއިރު، މަޖިލީހުގެ ޖަލްސާ ދުވާލާއި ރޭގަނޑުވެސް ބާއްވާނޭކަމަށެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް މަޖިލީހަށް ހުށަހައެޅުން ބަޖެޓްގެ މަސައްކަތް ކުރުމަށް މަޖިލީހުގެ ބަޖެޓް ކޮމިޓީން އެކުލަވާލާ ކޮމެޓީގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި ކޮމިޓީގެ މުޤައްރިރަކަށް ކިނބިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނާޝިޒު އައްޔަންކޮށްފައިވެ އެވެ. އަދި ނައިބް މުޤައްރިރަކީ އަލިފުށި ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ހުސެއިންއެވެ.
އަންނަ އަހަރަށް ދައުލަތުން ހުށަހަޅާފައިވަނީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިބަޖެޓަކީ މިހާތަނަށް ރާއްޖޭގެ ތާރީޚްގައި ހުށައެޅި އެންމެ ބޮޑު ބަޖެޓެވެ.