ads
ބަރަބޯ
ބަރަބޮލަކީ މޭވާއެއްތަ؟ ނޫނީ ތަރުކާރީއެއްތަ؟
ބަރަބޮލަކީ ދިވެހިންގެ ތެރޭގައި ވަރަށް ގިނައިން ކެއްކުމުގައި ވެސް ބޭނުން ކުރާ ބާވަތެކެވެ. ނަމަވެސް ބަރަބޮލަކީ ކޮން ބާވަތެއްގެ އެއްޗެއްކަން އެނގޭނީ މަދު ބަޔަކަށެވެ.

އެގޮތުން ގިނަ ބަޔަކު ދެކޭގޮތުގައި ބަރަބޮލަކީ ތަރުކާރީ އެކެވެ. އެއީ ރިހަ، މަސްހުނި އަދި އެހެނިހެން ގޮތްގޮތަށް ބަރަބޯ ބޭނުން ކުރާތީ ކަމަށް ވެސް ވެދާނެ އެވެ. 

ނަމަވެސް ގަސްގަހާ ބެހޭ މާހިރުން އިއްތިފާގުވެފައިވާ ގޮތުގައި ބަރަބޮލަކީ ތަރުކާރީއެއް ނޫނެވެ. އެއީ މޭވާ އެކެވެ. އެއީ މޭވާގައި ހުންނަ ސިފަަތައް ބަރަބޮލުގައި ހުންނާތީ ކަމަށް ވެސް އެމީހުން ބުނެއެވެ.

ކޮންމެއަކަސް ގިނަ މޭވާތަކަކީ ފޮނި އެއްޗެކެވެ. ނަމަވެސް ބަރަބޮލުގައި ފޮނި އަދި ހުތް ރަހައެއް ހުރެ އެވެ. އެހެންކަމުން ފޮނި އަދި ކުޅި އެއްޗިހި ހެނދުމަށް ވެސް ބަރަބޯ ބޭނުން ކުރެވޭނެ އެވެ.

your imageއެކި ކުލަކުލައިގެ ބަރަބޯ

ބަރަބޮލުގެ އެކި ވައްތަރުތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރެ އެވެ. ނަމަވެސް އޭގެ އެންމެ އާންމު ވައްތަރަކީ އޮރެންޖު ކުލައިގެ ބަރަބޮލެވެ. ނަމަވެސް ރީނދޫ، ހުދު، ފެހި އަދި ރަތް ބަރަބޯ ވެސް މަދުން ނަމަވެސް ފެނެ އެވެ.

އެ މޭވާގެ އެންމެ ހާއްސަ ކަމަކީ އޭގެ ތޮށިން ފަށައިގެން އޮށުން ވެސް އެކި ބާވަތުގެ ކާނާ ހެދޭކަމެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް