ads
ޝަމީމާ ބޭގަމް:-
އައިއެސްއާ ގުޅުނު އަންހެން ކުއްޖާ އެނބުރި ގައުމަށް ނާދެވޭނެ: ޔޫކޭ ސްޕްރީމް ކޯޓް
ސްކޫލުގައި ކިޔަވަމުން ދަނިކޮށް ފިލައިގެން ގޮސް ޓްރެރަރިސްޓު ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓާއި ގުޅުނު އިނގިރޭސި ވިލާތުގެ އަންޖެން ކުއްޖާ އެނބުރި އެގައުމަށް ނާދެވޭނެކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

ޝާހަމީމާ ބޭގާމް، އިނގިރޭސި ވިލާތުގައި ކިޔަވަމުން އަންނަނިކޮށް، އޭނާ ކްލާސް ކުދިންތަކަކާއެކު ސީރިއާއަށް ގޮސް އައިއެސްއާ ގުޅުނީ 2015 ވަނަ އަހަރުއެވެ. އޭރު އޭނާގެ އުމުރަކީ 15 އަހަރެވެ. އެނާ ސީރިއާއަށް ދިޔައީ ތުރުކީއަށް ދިއުމަށްފަހުއެވެ. 

މިކަމާއި ގުޅިގެން އޭނާގެ އިނގިރޭސި ވިލާތުގެ ރައްޔިތުކަން އެ ގައުމުން ވަނީ 2019 ވަނަ އަހަރު އަތުލާފައެވެ. 

މި މައްސަލައިގައި ދަށު ކޯޓުން ނިންމާފައިވާ ނިންމުން ބާތިލުކޮށް، މިއަދު އިނގިރޭސި ވިލާތުގެ ސުޕްރީމް ކޯޓުން ބުނީ، އޭނާއާށް އެނބުރި އައިސް އިންސާފުވެރި ޝަރީއަތެއް ހޯދަން ހޯދުމުގެ ހައްގު އޮތް ނަމަވެސް، މުޅި މުޖުތަމައުގެ އަމާންކަން ގެއްލޭފަދަ ކަމެއް ނުކުރެވޭނެކަމަށެވެ. އަދި އޭނާ އެނބުރި އިނގިރޭސި ވިލާތައް އައުމަކީ މުޅި ގައުމުގެ އަމާންކަން ގެއްލޭފަދަ ކަމެއްކަމަށް ވެސް ސުޕްރީމް ކޯޓުން ބުނެއެވެ. 

ސުޕްރީމް ކޯޓުގެ މި ނިންމުމަށް އިނގިރޭސި ވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން ވެސް ވަނީ މަރުހަބާ ވިދާޅުވެފައެވެ. 

22%
ކަމުގޮސްފި
36%
އަޑުއެހިތާ މިހުރީ
27%
ސަތޭކައަކުން ސުމެއް
16%
ވަރަށް ސަލާމް
ކޮމެންޓްސް