ކަޅު ޖިންސަކާއެކު ކްރޮޕް ޓޮޕެއް އަދި އޭގެ މަތިން ޑެނިމް ޓީޝާޓެއް ލައިގެން ދީޕިކާ ހުރި މަންޒަރު އިއްޔެ ފެނިގެންދިޔައިރު އޭނާ އަޅުވައިގެން ހުރީ ރަތް ކުލައިގެ ދަބަހެކެވެ.
ދީޕިކާ ކާރަށް އަރަން ދިޔަ ވަގުތު ގިނަ ބަޔަކު އެ ސަރަހައްދަށް އެތްވެފައި އޮތްއިރު އޭނާ ކާރަށް އަރަން ދިޔަ ވަގުތު ސެކިއުޓީ ގާޑުން ވެސް އޭނާގެ ކައިރީގައި ތިއްބެވެ. އެކަމަކު ކުއްލިއަކަށް މީހަކު ދީޕިކާގެ ދަބަހުގައި ކިފައި ދަމައިގަތް މަންޒަރު ވެސް ފެނިގެންދެ އެވެ.
އޭގެ ކުރިން ދީޕިކާ އާއި އޭނާގެ ކައިރީ ހުރި އިތުރު މީހަކު ދަބަހުގައި ހިފަހައްޓަ އެވެ.
ދީޕިކާ މިފަހުން މަސައްކަތް ފަށާފައި ވަނީ ޝަކުން ބަޓްރާގެ ކުރިއަށް އޮތް ފިލްމުގަ އެވެ.