ads
ފޮޓޯ: ސަން
ސަރުކާރުން ހުށަހެޅި ބަޖެޓާ މެދު އެމްޑީޕީގެ މެމްބަރުން ކަންބޮޑުވޭ: ގާސިމް
2020 ވަނަ އަހަރަށް ލަފާކޮށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހުށަހެޅުއްވި ބަޖެޓާއި މެދު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، (އެމްޑީޕީ)ގެ މެމްބަރުން ކަންބޮޑުވެލައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
Advertisement
ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން 2020 ވަނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓާ މެދު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެމްބަރުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ކުނޫޒްގައި ރޭ ކުރިއަށް ދިޔަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ރާއްޖެތެރޭގެ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނެވުމުން އެ މަގާމުން އެމަނިކުފާނު ބޭރުކުރުމަށް އެމްޑީޕީގެ އެތެރެއިން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން ސަރުކާރު ހިނގާ ދުވެލި ލަސްކަމަށް އެމްޑީޕީގެ މެމްބަރުން ތުހުމަތު ކުރައްވާ ކަމަށާއި، އެހެންނަމަވެސް ސަރުކާރު ހިނގާ ދުވެލި ލަސްނޫން ކަމަށްވެސް ގާސިމް ވިދާޅުވި އެވެ. އަދި ގާސިމް ވަނީ އެމްޑީޕީން ސަރުކާރު ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ތުހުމަތު ކުރައްވާފަ އެވެ.

"ގަހެއްގައި އިންނަ އަނބެއް ބިނދެލާހެން ރައީސުލްޖުމްހޫރިއްޔާ ވައްޓައެއް ނުލެވޭނެ... އަޅުގަނޑު މިދެންނެވީ ކަށަވަރުކަމާ އެކު މޮޔަފުޅުވެގެން ތި އުޅުއްވަނީ،" އެމްޑީޕީގެ މެންބަރުންނަށް ރައްދު ދެއްވަމުން ގާސިމް ވިދާޅުވި އެވެ.

ސަރުކާރުން 2020 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓާ މެދު އެމްޑީޕީގެ މެމްބަރުން ކަންބޮޑުވާތީ އެކަމާ ގާސިމް ވަނީ ސުވާލުވެސް އުފައްދަވާފަ އެވެ.

"ރައީސުލްޖުމްހޫރިއްޔާ ކުރައްވާފައިވާ ވައުދުތައް ފުއްދުމަށްޓަކައި އެ މަނިކުފާނު ބަޖެޓެއް ހުށައެޅުއްވީމަ، އެމްޑީޕީގެ މެންބަރުން ކަންބޮޑުވެއްޖެ. ކީކޭތޯ ބުނާނީ؟ ކޮން ވާހަކައެއްތޯ ދައްކާނީ. މި ބޭނުން ވެގެން މި އުޅެނީ ކޮންކަމެއްތޯ؟" ގާސިމް ވިދާޅުވި އެވެ.

ރައީސަކު ހޮވަނީ ފަސް އަހަރު ދުވަހަށް ކަމަށާއި އެކަމަކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އޭގެ ކުރިން މަގާމުން އިސްތިއުފާ ދެއްވައިފިނަމަ ދެން ކުރާނެ ކަމެއް ނެތް ކަމަށް ގާސިމް ވަނީ ވިދާޅުވެފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް