ads
ޝިޔާމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ--
އިމްރާންގެ ކުފޫއެއް ހަމައެއް ނުވޭ، އިސްތިއުފާދީ: ސައީދު
މުޒާހަރާކުރުމަށް ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) މެން ގެންގުޅޭ އުކުޅު ވަރަށް ރަނގަޅަށް އެނގިލައްވާކަމަށް ހޯމް މިނިސްޓަރު ޝޭހް އިމްރާން އަބްދުﷲ ވިދާޅުވި ވާހަކައާ ގުޅިގެން، އިދިކޮޅުން ފާޑުކިޔައިފި އެވެ.

އިދިކޮޅުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވަނީ އިމްރާނަށް ފާޑުވިދާޅުވެފަ އެވެ. 

އެގޮތުން އިމްރާންގެ ޓްވީޓް، ކިޔާލުމުން ހީވަނީ އޭނާ ހުންނެވީ 23 ޑިސެމްބަރުގެ މުޒާހަރާއެއްގައި ކަމަށް ވިދާޅުވެ ސައީދު ވަނީ އިމްރާންގެ ބަސްމަގު ހުންނެވި ގޮތުން އެމަނިކުފާނު މިހާރުން މިހާރަށް އިސްތިއުފާދޭން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ހޯމް މިނިސްޓަރުގެ މަގާމަށް ކުފޫ ހަމަނުވާ ކަމަށް ވިދާޅުވި އެވެ. 

ސައީދު ވިދާޅުވީ ހޯމް މިނިސްޓަރުގެ ގައިން ފެނިގެންދަނީ އެކްޓިވިސްޓެއްގެ ސިފަ ކަމަށެވެ. 

"އެހެންވީމަ އަޅުގަނޑު އެކަން ކުށްވެރިކުރަން. ހޯމް މިނިސްޓަރު އިމްރާނަށް ފެނިވަޑައިގަންނަވާނެ މިހާރު ވެސް ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސަށް ލިބިވަޑައިގެންފައި ހުރި އަނިޔާ. ހޯމް މިނިސްޓަރަށް ފެނިވަޑައިގަންނަވަންވާނެ އެނގެންވާނެ އަތޮޅުވެހި ކުރިމަތީގައި މިވަގުތު ކުނާ އަޅައިގެން ގޮޅި ކުރިމަތީގައި އަޅުގަނޑުމެންގެ ދެ ޕާޓީ މިވަގުތު ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަދި ޕީޕީއެމްގެ ނައިބް ރައީސުންނާއި ކައުންސިލް އެތައް މެމްބަރުންނަކާއި އާންމު ރައްޔިތުންގެ އެތައް ބަޔަކު އަނިޔާވެރިކަމާއެކު އެތިބީ ކުޑަގޮޅިއަށް ލާފައި،" ސައީދު ވިދާޅުވި އެވެ. 

އިހުތިޖާޖު ކުރަން ހުރަސްއެޅި ކަމުގައި ވިޔަސް އެއްވުން ކުރިއަށްދާނެކަމަށް އިދިކޮޅު ކޯލިޝަންގެ ފަރާތުން އެކޯލިޝަން ހިންގުމާއި ހަވާލުވެހުންނެވި ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވުމަށްފަހު ޕީޕީއެމް އޮފީސް ކުރިމަތީގައި މުޒާހަރާ ކުރިއަށް ގެންދިއުމަށް މަސައްކަތް ކޮށްފައި ވަނިކޮށް އިމްރާން ކުރެއްވި ޓްވީޓުގައި ވަނީ މުޒާހަރާ ކުރިއަށް ގެންދެވުމުގައި "އަދުރޭމެން" ގެންގުޅުއްވާނެ ސްޓްރެޓެޖީ "އަޅުގަނޑުމެންނަށް" ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވިއިރު، މިއަދުގެ މުޒާހަރާ ކުރިއަށް ގެންދިއުމަށް ފުލުހުން ފުރުސަތު ދީފައެއް ނުވާކަން ފާހަގަ ކޮށްލެވެ އެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން ޕީޕީއެމް އޮފީސް ކުރިމައްޗަށް އެއްވިޔަ ނުދީ، އެސަރަހައްދުގައި ބެރިކޭޑް ޖަހައި ބަންދުކޮށް ފުލުހުންވަނީ މުޒާހަރާ ކުރިއަށް ގެންދިއުމަށް ހުރަސް އަޅައި އެއްވުން ރޫޅާލާފައެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް