ރިތިކް، 2016 ވަނަ އަހަރު ހުށަހެޅި ކަންގަނާ އާ އީމެއިކް ތަކެއް ބަދަލު ކުރި މައްސަލައެއްގައި އޭނާގެ ބަޔާނެއް ނަގަން އެގައުމުގެ ފުލުހުންގެ ކަރައިމް އިންޓެލިޖެންސް ޔުނިޓުން ނޯޓިސް އެއް ފޮނުވާފަ ވާއިރު ކަންގަނާ ވަނީ މިމައްސަލާގަ ރިތިކް އެ އުޅެނީ “މޮޔަ ވެގެން އުޅޭ އެކްސް” އެއް އުޅޭ ގޮތަށް ކަމަށް ބުނެފައެވެ.
ރިތިކް އާއި ކަންގަނާ ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ވަކިވި ފަހުންް ދެތަރިންވެސް ވަނީ އެކަކު އަނެނަކަކަށް ބޮޑެތި ތުހުމަތުތައް ކޮށްފަ އެވެ.
ރިތިކް އާއި ކަންގަނާ އެންމެ ފަހުން އެކުގައި ފެނިގެން ދިޔައީ ކްރިޝް 3 އިންނެވެ.