ads
ގާސިމްގެ އެޑްވައިޒަރުގެ މަގާމުން ކާނަލް ނާޒިމް އިސްތިއުފާ ދެއްވައިފި
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރުގެ މަގާމުން ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އިސްތިއުފާ ދެއްވައިފި އެވެ.
Advertisement
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރުގެ މަގާމުން ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އިސްތިއުފާ ދެއްވައިފި އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ނާޒިމް މިއަދު ވިދާޅުވީ ގާސިމަށް ލަފާ ދެއްވުން ހުއްޓަވާލެއްވުމަށްފަހު އެޑްވައިޒަރުގެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ.

ނާޒިމް ވިދާޅުވީ އެޑްވައިޒަރުގެ މަގާމުން އިސްތިއުފާ ދެއްވީ ޖުމްހޫރީ ޕާޓީއަށް ސިޔާސީ ގޮތުން މިހާރު ބަދަލުތަކެއް އައިސްފައިވާތީއާއި ޕާޓީ ކުރިއަށްދާ ގޮތާ މެދު ހިތްހަމަނުޖެހުންތަކެއް ހުރުމުން ކަމަށެވެ.

އެޑްވައިޒަރެއްގެ ހައިސިއްޔަތުން ނާޒިމް ދެއްވާ ލަފާ ގާސިމް ބަލައިގަންނަވާތޯ ސުވާލުކުރުމުން ނާޒިމް ވިދާޅުވީ "ތިސުވާލަށް މިވަގުތު ޖަވާބު ދިނުމަށް ދަތި" ކަމަށެވެ.

މަޖިލީހުގައި ނާޒިމް ތަމްސީލްކުރައްވާ ދަނގެތީ ދާއިރާ އަކީ ގާސިމްގެ ތާއީދު ބޮޑު ދާއިރާއަކަށް ވާތީވެ، ކުރިއަށް އޮތް ދުވަސްތަކުގައި ޖޭޕީގައި ހުންނަވާނަންތޯ ސުވާލުކުރުމުން ނާޒިމް ވިދާޅުވީ ޖޭޕީ ދޫކޮށްލުމަށް ވިސްނާފައި ނުވާ ކަމަށެވެ. އަދި އޭނާ އަކީ މިވަގުތުވެސް ޖޭޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ނައިބް ލީޑަރު ކަމަށާއި އެމަގާމުން ވެސް އިސްތިއުފާ ދެއްވާފައި ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ގާސިމްގެ އެޑްވައިޒަރުގެ މަގާމުން ނާޒިމް އިސްތިއުފާ ދެއްވާފައިވާއިރު ގާސިމްގެ އެޑްވައިޒަރަކަށް ރޭގެ ވަގުތެއްގައި ވަނީ ވިލުފުށި ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ރިޔާޒު ރަޝީދު ހަމަޖައްސާފަ އެެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ރައީސް ކަން ކުރައްވަމުން ގެންދަވާ ޕީޕީއެމްގެ ކުރީގެ މަޖިލިސް މެންބަރުންތަކަކާއި އެޕާޓީގެ ކުރީގެ އިސްބޭފުޅުންތަކެއް ޖޭޕީއަށް މިފަހުން ވަނީ ސޮއިކޮށްފަ އެވެ. އަދި ޖޭޕީގެ ޖަލްސާ ތަކުގެ ކުރީ ސަފުންނާއި ޖޭޕީގެ ބައެއް މުހިއްމު ކޮމިޓީތަކުގެ އިސް މަގާމުތަކުން އެ ބޭފުޅުން ފެނިގެންދެ އެވެ.

މިކަމާ ގުޅިގެން ކާނަލް ނާޒިމް ހިމެނޭ ގޮތަށް ޖޭޕީގެ އިސް ބޭފުޅުން މިހާރު އެޕާޓީގެ އާންމު ޖަލްސާތަކާއި މުހިއްމު ބައްދަލުވުންތަކުން ފެނިގެން ނުދާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ. މިބޭފުޅުންގެ ބަދަލުގައި މިހާރު ޖޭޕީގެ އިސް ސަފުން ފެނިގެންދަނީ ރައީސް ޔާމީންގެ ވެރިކަމުގައި ގާސިމް އިބްރާހީމް ޖަލަށްލުމުން އެމަނިކުފާނު ޖަލުގައި ބަހައްޓަން ހިތްވަރު ލިބޭ ގޮތަށް ވާހަކަދެއްކެވި ޕީޕީއެމްގެ ކުރީގެ އިސް ބޭފުޅުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް