ads
މަސްވެރިކަމުގައި އުޅެނިކޮށް ދޯންޏެއްގައި ރޯވެފައި--
މަސްވެރިކަމުގައި އުޅެނިކޮށް ދޯންޏެއްގައި ރޯވެއްޖެ
މަސްވެރިކަމަށް ނިކުމެ އުޅުނު، ގއ. ދެއްވަދޫ، ކުރިމަގު ދޯނީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

މިއަދު ހެނދުނު 10:30 ހާއިރު އެ ހާދިސާ ހިނގާފައި ވަނީ ގދ. މަޑަވެލީ ބޮއި ކައިރީގައި މަސްވެރިކަން ކުރަން އެ ދޯނި އޮއްވާ ކަމަށް އެ ސަރަހައްދުގައި އެ ވަގުތު ހަރަކާތްތެރިވި ދޯންޏަކުން ވާހަކަ ދެއްކި މީހަކު ސީއެންއެމްއަށް ބުނެ އެވެ. 

އެމީހާ ބުނި ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ޕެޓްރޯލް އަޅަން އުޅުމުގެ ތެރޭގައި ކަމަށް ބެލެވެ އެވެ. އެގޮތުން އެ ވަގުތު ޕެޓްރޯލް އަޅަން ހުރި މީހާ، މޫދަށް ފުންމާލި ކަމަށް ވެސް ބުނެފައިވެ އެވެ. 

އެ ދޯނީގައި އަލިފާން ރޯވުމާއެކު އެ ސަރަހައްދުގައި ހަރަކާތްތެރިވި ދޯނި ފަހަރުގެ އެހީގައި ވަނީ އަލިފާން ނިއްވާލާފަ އެވެ.

މި ހާދިސާގައި ދޯންޏަށް މާބޮޑު ގެއްލުމެއް ލިބުން ކަމަށް ނުބެލޭކަން ފާހަގަކޮށް، އެމީހާ ބުނީ، އެ ސަރަހައްދުން އެމީހުން މަސްވެރިކަން ކުރާ ދޯނި ފަހަރު ނައްޓާލިއިރު ވެސް އެ ދޯނި އެތަނުގައި މަސްވެރިކަން ކުރަން އޮތް ކަަމަށެވެ. 

މިހެންކަމުން، މީހާކަށް ވެސް ބޮޑު އަނިޔާއެއް ނުލިބޭ ކަމަށް ގަބޫލުކުރެވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް