ads
ފަތުރުވެރިންތަކެއް ރާއްޖެއަށް އައުން-- ފޮޓޯ: އަވަސް
މިއަހަރު އައި ފަތުރުވެރިންގެ އަދަދު ދެ ލައްކައާ ގާތަށް
މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 180،000 މައްޗަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް އައި ފަތުރުވެރިންގެ ޖުމްލަ އަދަދު 180,468 ގައި އުޅޭއިރު އޭގެ ތެރެއިން 88,365 މީހުންނަކީ ފެބްރުއަރީ މަހުގެ ތެރޭގައި އައި މީހުންނެވެ.  

އަދި މިއަދު އެކަނި ވެސް ވަނީ 4074 ފަތުރުވެރިންގެ ރާއްޖެއައިސްފައިވެ އެވެ. މި މަސް ފެށުނުއިރު 2000 ގައި އުޅުނު އަދަދުތައް މިމަހުގެ މިހާތަނަށް އައިއިރު ކޮންމެ ދުވަހުކު އިތުރުވަމުން ގޮސްފައިވާކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ.

އެންމެ ގިނަ ފަތުރުވެރިން މިމަހު އައިސްފައިވަނީ މިމަހުގެ 14 ވަނަ ދުވަހާއި 21 ވަނަ ދުވަހުގަ އެވެ. އެގޮތުން މިމަހުގެ 14 ވަނަ ދުވަހު 4856 ފަތުރުވެރިއަކު ރާއްޖެ އައަިސްފައިވާއިރު، މިމަހުގެ 21 ވަނަ ދުވަހު މިއަދަދުވަނީ ބޮޑުތަނުން އިތުރުވެ، 5268 އަރާފަ އެވެ. 

އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރި ގައުމުތަކަށް ބަލާއިރު ލިސްޓުގެ ކުރީގައި އުޅެނީ އިންޑިއާ އެވެ. އެގައުމުން 40,045 މީހުން އައިސްފައިވާއިރު ދެވަނައިގައި އޮތް ރަޝިއާއިން ވަނީ 37,308  މީހުން އައިސްފަ އެވެ. އަދި އެ ލިސްޓުގެ ތިން ވަނައިގައި ޔޫކްރެއިން އޮތީ 11,767 ފަތުރުވެރިނާއެކު އެވެ.  

މި އަހަރުގެ މިހާތަނަށް 656 ޓޫރިސްޓް ފެސިިލިޓީއަކުން ހިދުމަތް ދެމުންދާއިރު އޮޕަރޭޝަންގައި 44,829 އެނދު އެބަ އުޅެ އެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް