ads
ފޮޓޯ:ވިޒިޓް މޯލްޑިވްސް
ވެކްސިން ޖެހި މީހުންގެ އަދަދު ލައްކައަކަށް!
ރާއްޖޭގައި މިހާތަނަށް ކޮވިޑް ވެކްސިން ޖެހި މީހުންގެ އަދަދު އެއް ލައްކައިން މައްޗަށް އަރައިފި އެވެ.

އެޗްޕީއޭއިން އާންމުކުރި އަދަދުތަކަށް ބަލާއިރު، މިއަދު 6،073 މީހުން ވަނީ ވެކްސިން ޖަހާފަ އެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 3،147 މީހުންނާއި، އަތޮޅުތެރޭގެ ރަށްތަކުން ވެކްސިން ޖެހި 2،926 މީހުންނެވެ. 

މިއާއިއެކު މިހާތަނަށް ރާއްޖެއިން ވެކްސިން ޖެހި މީހުންގެ އަދަދު ވަނީ 105،492 އަށް އަރާފަ އެވެ. އެއީ މިހާތަނަށް މާލެ ސަރަހައްދުގައި ގާއިމް ކޮށްފައި ހުރި ވެކްސިނޭޝަން ސެންޓަރުތަކުން ވެކްސިން ޖެހި 72،872 މީހުންނާއި އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ ވެކްސިނޭޝަން ސެންޓަރުތަކުން ވެކްސިން ޖެހި 32،620 މީހުންނެވެ.

މިއަދަކީ މިފަހަކަށް އައިސް އެންމެ ގިނަ އަދަދަކަށް މީހުން އެއްދުވަހެއްގައި ވެކްސިންޖެހި އެއް ދުވަހެވެ. ރާއްޖޭގައި ވެކްސިން ޖަހަން ފެށިއިރު ގިނަ ބަޔަކު ކޮންމެ ދުވަހަކުވެސް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިނަމަވެސް ވެކްސިން ޖަހެމަށްފަހު މިފަހުން ދުވަސްވީ ދެމަފިރިއަކު މަރުވުމާއި ގުޅިގެން ވެކްސިން ލިބިގަންނަ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މިފަހަކަސް އައިސް ދުވާލެއްގެ މައްޗަށް ވެކްސިންޖަހާ މީހުންގެ އަދަދުތަށް ހުރީ 2000 އާއި 4000 އާއި ދެމެދުގައެވެ. 

މިއަދު މިއަދު ބޮޑުތަނުން އިތުރުވެ، ފާއިތުވި 24 ގަނޑިއިރު 6000އަށްވުރެ ގިނަ މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު ވެކްސިން ޖެހުމަށް ހިތްވަރު ދިނުމަށްޓަކައި މިހާރު ވެކްސިންގެ ކާޑު ދަށްކާލުމުން ރެސްޓޯރަންޓްތަކުން ޑިސްކައުންޓް ދޭން ވަނީ ފަށާފައެވެ. 

އެޗްޕީއޭއިން މިހާރު ދަނީ 18 އަހަރާއި 55 އަހަރާ ދެމެދުގެ ހައި ރިސްކު މީހުންނަށް ވެކްސިން ދެމުންނެވެ. އަދި މުސްކުޅިންނާއި އެނދުމަތިވެފައިވާ ބަލި މީހުންގެ ގޭގެއަށް ގޮސް ވެސް ވެކްސިން ދިނުމުގެ ހިދުމަތް ދެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް