ވިކީގެ ދުވަސް ފައްޓަނީ ވަރަށް ބައިވަރު ޕްރޮޓީން އެކުލެވިގެންވާ ނާސްތާއަކާ އެކީގައެވެ. ވިކީގެ ޕާސަނަލް ޝެފް އަކްޝޭ އަރޯރާ ވަނީ އޭނާގެ ހެނދުނު ނާސްތާގެ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާ ކޮށްފައެވެ. އެގޮތުން ވިކީގެ ހެނދުނުގެ ނާސްތާގައި ރަތް، ރީދޫ އަދި ފެހި ކުލައިގެ ބެލް ޕެޕާ ހިމެނެ އެވެ. އަދި މަޝްރޫމް އާއި ޓޮމާޓޯ ސޯސްގެ އިތުރުން އޮލިވް އޮއިލް އާއެކު 10 ބިސް ހެނދުނު ކާން ޖެހެއެވެ.
ވިކީގެ ހެދުނު ނާސްތާ-
ފޮޓޯ އިން އަށް ބިސް ފެނުނު ނަމަވެސް ފޮޓޯ ނެގުމުގެ ކުރިން ދެ ބިސް ތަޅާލައިފައިވާ ކަމަށް އަކްޝޭ ޕޯސްޓް ކުރި ފޮޓޯގައި އޭނާ ލިޔެފައި ވެއެވެ.
ވިކީ މިހާ ބައިވަރު ޕްރޮޓީން ހުންނަ ނާސްތާއެއް ހެނދުނަށް ނަގަން ޖެހެނީ އޭނާގެ ކުރިއަށް އޮތް ފިލްމަށް ހަށިގަނޑަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ ބޭނުމުގައެވެ.