ads
ރައީސް ސޯލިހު ފެހެންދޫއަށް ވަޑައިގަތުން-- ފޮޓޯ: ރައީސް އޮފީސް
ގޮއިދޫ-ފެހެންދޫ ކޯޒްވޭ އެޅުމާއި މެދު އަލުން ވިސްނަނީ
ބ. ފެހެންދޫ އާއި އެއް ފަޅެއްގައި އޮތް ގޮއިދޫ ކޯޒްވޭއަކުން ގުޅާލަން ބަޖެޓްގައި ހިމެނި ނަމަވެސް މިހާރު އެކަމާއި މެދު އަލުން މަޝްވަރާކުރަންޖެހިފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
Advertisement

ރޭ ރަށްވެހި ފަތިސް ބައްދަލުވުމުގައި ރައީސް އެގޮތަށް ވިދާޅުވެފައި ވަނީ ކޯޒްވޭގެ މަސައްކަތް ކުރިއަށް ނުދާތީ އެކަމުގައި ރައްޔިތުންގެ ކަންބޮޑުވުންތަކާއި ގުޅިގެން ކައުންސިލުން ކުރި ސުވާލަކަށް ދެއްވި ޖަވާބުގަ އެވެ.

ރައީސް ސޯލިހު ވިދާޅުވީ ގޮައިދޫ އާއި ފެހެންދޫ ގުޅާލުމުގެ ވިސްނުން ސަރުކާރުން ކުރިން ގެންގުޅުނު ނަމަވެސް މިހާރު ދެވަނަ ވިސްނުމަކަށް އެކަމުގައި ދާންޖެހިފައިވާ ކަމަށެވެ. 

އެގޮތުން ފެހެންދޫ އާއި ގޮއިދޫ ގުޅާލުމުގެ ވާހަކަ އެ ދެ ރަށުގެ ރައްޔިތުންގެ އިތުރުން އެމަނިކުފާނު ވެސް ދެއްކެވިކަން ފާހަގަކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ އެކަމުގައި ދެވަނަ ވިސްނުމަކަށް ދާންޖެހިފައި ވަނީ ދެ ރަށުގައި ވެސް ބަނދަރު މިހާރު ތަރައްގީކުރެވިފައިވާތީ ކަމަށެވެ. 

ރައީސް ވިދާޅުވީ އެ ބަނދަރު ހެދުމަށް 90 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި އަދި އެއަށް ފަހު ކޯޒްވޭ ހެދުމަކީ ވެސް ބޮޑު ހޭދައެއް ކަމަށެވެ.

އެހެންކަމުން، ރައްޔިތުންނާއި މަޝްވަރާކުރުމަށް ފަހު އެކަމުގައި ގޮތެއް ނިންމާނެ ކަމަށް ވިދާޅުވި އެވެ.

ކޯޒްވޭ ހެދުމަށް ބަޖެޓްގައި ވެސް ފައިސާ ހިމެނި އެވެ. 

ދެހާސް އަށް ވަނަ އަހަރުގެ ތެރޭގައި ފެހެންދޫގެ އާބާދީ ކުޑަކަމުން، އެރަށުގެ ސްކޫލުގައި ކިޔަވައިދިނުން ހުއްޓާލާފައިވާއިރު އެ ރަށުގެ ކުދިން ސްކޫލަށް ދަނީ ގޮއިދޫއަށެެވެ. ޑިންގީއެއްގައި ސްކޫލަށްދާ ދިއުމަށް ވެސް ބަދަލު އައީ މިދިޔަ އަހަރު އިންޑިއާ ސަރުކާރުން އެ ކުދިންނަށް ލޯންޗެއް ހަދިޔާކުރުމުންނެވެ.

ރައީސް ސޯލިހުގެ ވެރިކަން ފެށުމާއި ހަމައަށް ފެހެންދޫގައި ބަނދަރެއް ތަރައްގީކުރުމުގެ މަސައްކަތް ކުރެވިފައި ނުވާއިރު ރަށަށް އަރާއި ފޭބުމަށް ބޭނުންކުރަމުން އައީ ޖެޓީއެކެވެ. ކެމްޕެއިން ދުވަސްވަރު ރައީސް ފެހެންދޫއަށް ވަޑައިގެން ވަނީ އެ ރަށުގެ ރައްޔިތުންނަށް ލުޔެއް ހޯދައިދޭނެ ކަމަށް ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް