ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބަށް ސަރުކާރު ނިސްބަތްވާ އެމްޑީޕީން ކެމްޕެއިން ކުރުމަށްޓަކައި ރަށްވެހި ފަތިސް ކެންޑިޑޭޓުންނާއި ކެމްޕެއިން ޓީމްތަކާއިއެކު ބާއްވާ ބައްދަލުވުމުގައި މިރޭ ބައްދަލުކޮށްފައިވަނީ ނ. އަތޮޅުގެ ކައުންސިލްތަކާ އެވެ.
މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނ. އަތޮޅުގެ ތަރައްގީއަށް ކުރެވިފައިވާ ހޭދައިގެ ތަފްސީލް ހިއްސާކުރަށްވަމުން ރައީސް ސޯލިހް ވިދާޅުވީ، ނ. އަތޮޅުގެ ޕީއެސްއައިޕީއަށް 200 މިލިއަން ރުފިޔާ ހޭދަކުރެވިފައިވާ ކަމަށެވެ.
އެއާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ހާލަތު ހިފެހެއްޓިފައިއޮތީ އިންކަމް ސަޕޯޓްސް އެލަވަންސްގެ ސަބަބުން ކަމަށް ވިދާޅުވެފައެވެ. އޭގަފަހުން ރައީސް ސޯލިހް ވަނީ ރަށްރަށުގެ މިހާލަތުގައި ރަށްރަށް ބަޑަށް ނުޖެހި ސަލާމަތްވީ އިންކަމް ސަޕޯޓްގެ އިތުރުން އެކަނިވެރި މައިންނަށް ދެވޭ އެލަވަންސާއި އުމުރުން ދުވަސްވީ މީހުންނަށް ދެވުނު އެލަވަންސް ތަކުގެ ސަބަބުން ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;