ads
މިނިސްޓަރު މަލީހް--
ހަކުރާގޭ ފެންޑާގައި އެކޮޅު ކޮޅުން އެލުވިޔަސް މާއްދާ27 ގެ ބޭނުން ހިފާނަން: މަލީހް
ހަކުރާގޭ ފެންޑާގައި އެކޮޅު ކޮޅުން އެލުވިކަމުގައިވިޔަސް ގާނޫނު އަސާސީގައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ހިފާނެ ކަމަށް މިނިސްޓާ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ މުހައްމަދު މަލީހު ވިދާޅުވެއްޖެ އެވެ.

މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށް، މަލީހް މަޖިލީހަށް ހާޒިރުކުރެއްވުމުން ވިދާޅުވީ ގާނޫނު އަސާސީގައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް މަޖިލީހުން ހުރަސްއަޅާ މަންޒަރު މިއަދު ފެނިގެންދާ ކަމަށެވެ. 

"އެހެންވީމަ ތަކުރާރުކޮށް މި ވިދާޅުވަނީ ހަކުރާގޭ ފެންޑާގައި އެލުވިކަމުގައި ވިޔަސް މާއްދާ 27 ގެ ބޭނުން އަޅުގަނޑު ހިފާނަން،"

މަލީހް ވިދާޅުވީ އޭނާ މިއަދު މަޖިލީހަށް ހާޒިރުވީ، ވަޒީފާ ދިފާއުކުރައްވަން ނޫން ކަމަށާއި އޭގެ ބަދަލުގައި މާއްދާ 27 ގެ ދިފާއުގައި ކަމަށެވެ. އަދި މިއީ އެއްވެސް އަސާސެއް ނެތް، މަކަރާއި ހީލަތުން ވަޒީރެއްގެ ނަން ކިލަނބުކޮށްލުމަށް މަޖިލީހުގެ މެމްބަރުންތަކެއް ހުށަހަޅާފައިވާ "ޒާތީ" މައްސަލެއް ކަމަށް ވިދާޅުވި އެވެ. 

"މި މައްސަލައާ ގުޅިގެން މިހާތަނަށް ހުރިހާ އިޖުރާއަތެއް ގޮސްފައި ވަނީ ދޮގާއި މަކަރާއި ހީލަތުންކަން ފާހަގަކުރަން،"

މަލީހް ވިދާޅުވީ 14 މެމްބަރުންގެ ސޮޔާއެކު ހުށަހަޅާފައިވާ އެ މައްސަލަ ރައްދުވަނީ އޭނާއާކަމާމެދު ވެސް ސުވާލު އުފެދޭ ކަމަށެވެ. މިނިސްޓްރީއަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބަލާއިރު އެކަމުގައި ސުވާލު އުފެދޭތީ ބާތިލް އެއްޗަކަށް ހަދައިދޭން މަޖިލީހަށް ފޮނުވިކަން ވެސް މަލީހް ފާހަގަކުރެއްވި އެވެ. 

މަލީހް ވަނީ އޭނާގެ ސިޓީގެ ޖަވާބު މިހާތަނަށް ވެސް ލިބިފައި ނުވާތީ އެކަމުގައި ކަންބޮޑުވުން ފާޅުކުރެއްވި އެވެ. 

މަލީހް ވަނީ އޭނާއަށް އަދަބުދޭން މަސައްކަތްކުރަނީ ތިން މިނިސްޓަރެއްގެ މިނިސްޓަރުކަމުގައި ނުނިންމި މައްސަލަތަކެއް އޭނާ ނިންމެވުމުންތޯ ސުވާލު އުފައްދާފަ އެވެ. ގާނޫނު ފާސްކުރީ 2015 ގައި ކަމަށާއި އޭގައި ވަނީ ތިން މަހާއި ހަ މަސް ދުވަހުން ގަވާއިދުތައް ހެދުމަށްކަން ފާހަގަކުރައްވަމުން މަލީހް ވިދާޅުވީ އެމުއްދަތުގައި އެކަން ނުކުރާނަމަ ދެން ހަދާނެ ގޮތެއް ވެސް ނެތް ކަމަށެވެ. 

"މިނިސްޓަރު ނަންގަވަން ޖެހޭ ކަމަށްވާނަމަ މިނިސްޓަރު އުމަރު ނަސީރުގެ މައްޗަށް ނަގަންޖެހޭ އިތުުބާރު ނެތްކަމުގެ މައްސަލައެއް އަޅުގަނޑާ ހަމައަށް ސޮއްސާލައިގެން މިއައީ ކީއްވެގެންތޯ. ކޮބާތޯ ފަހުން މިނިސްޓަރު ކަމާއި ހަވާލުވެވަޑައިގަތް ޒުހޫރު. ކޮބާތޯ އޭގެ ފަހުން މިނިސްޓަރުކަމާއި ހަވާލުވެވަޑައިގެންނެވި އަޒްލީން،. މަޖިލީގައި އޭރު ތިއްބެވި އިއްޒަތްތެރި މެމްބަރުން އެބަތިއްބެވި. ސުވާލެއް ކުރެއްވިތޯ،" ހުށަހެޅިފައި ވަނީ އަސާސެއް ނެތް މައްސަލައެއް ކަމަށް ވިދާޅުވަނީ އެހެންވެކަން ފާހަގަކުރައްވާ މަލީހް ވިދާޅުވި އެވެ. 
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް