ads
11 ކުއްޖަކު ފުވައްމުލަކު އަމާން ވެއްޓަށް ބަދަލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
"އަމާން ވެށިތަކުން ކުދިންނަށް ބޭނުންވާ ނަފްސާނީ ދުޅަހެޔޮކަމުގެ އެހީތެރިކަން ފޯރުކޮށްދޭ"
ޖެންޑާ މިނިސްޓްރީން އަތޮޅުތަކުގައި ހިންގާ "އަމާން ވެށި" ތަކަށް ބަދަލުކުރެވެމުންދާ ކުދިންނަށް ބޭނުންވާ ވަރަށް ނަފްސާނީ ދުޅަހެޔޮކަމުގެ އެހީތެރިކަން ދަނީ ފޯރުކޮށްދެމުންކަމަށް މިނިސްޓްރީން ބުނެފި އެވެ.
Advertisement

ސީއެންއެމްއަށް މައުލޫމާތުދެމުން ޖެންޑާ މިނިސްޓްރީގެ އެސިސްޓެންޓު ޑިރެކްޓަރު ފަޒްލާ އަހުމަދު ޝަހީމް ވިދާޅުވީ ނަފްސާނީ އިޖްތިމާއީ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް ކުދިންނާ އެކީ ކޮންމެ ދުވަހަކު މަސައްކަތް ކުރެވޭ ކަމަށެވެ.

އަދި އެކި ކުދިންނަށް ބޭނުން ވަނީ އެކި އެހީތެރިކަން ކަމަށާއި އެކަން ދެނެގަނެ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަމާން ވެށިތަކުގެ ކޭސް ވޯކާސްއިން މަސައްކަތް ކުރަމުން ދާކަމަށެވެ.

ޖެންޑާއިން އަލަށް ނަގާފައިވާ ކެއާ ވޯކަރުންނަށް ކުދިންނަށް އެހީ ދޭންވީ ގޮތަށް ވަނީ ތަމްރީނު ކުރެވިފައި ކަމަށް ވެސް ފަޒްލާ ވިދާޅުވި އެވެ. އަދި ކުދިންނާއެކު ގާތުން ދުވަހުން ދުވަހަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް އެމީހުން ތަމްރީން ކުރެވިފައިވާ ކަމަށް ފަޒްލާ ވިދާޅުވެ އެވެ.

މީގެ އިތުރުން އެއްވެސް ކުއްޖަކަށް އިތުރު އެހީތެރިކަމެއް ބޭނުންވާނަމަ ޗައިލްޑް އެންޑް ފެމެލީ ޕުރޮޓެކްޝަން ސާވިސް ގެ ސައިކޮލަޖިސްޓުން ނުވަތަ އެ ކުއްޖަކަށް އެ އެހީތެރިކަން ބޭނުންވާ ދާއިރާގެ ފަރާތުކުން އެހީތެރިކަން ހޯދޭނެ ކަމަށް ވެސް ފަޒްލާ ފާހަގަކުރެއްވި އެވެ. ސްކޫލް ކައުންސިލަރުން ވެސް ކުދިންނާ އެކު ގާތުން މަސައްކަތް ކުރާ ކަމަށް ވިދާޅުވި އެވެ. 

މާލޭ ސަރަހައްދުގައި ތޮއްޖެހިފައިވާ މަރުކަޒުތަކުގައި އެ ކުދިން ގެންގުޅުމުގެ ބަދަލުގައި، އެހެން ކުދިންނެކޭ ވެސް އެއްގޮތަށް މުޖުތަމައުގެ ތެރޭގައި ބޮޑުވުމުގެ ފުރުސަތު ހޯދައިދީ، އެ ފަދަ މާހައުލެއް ތަނަވަސްކޮށްދިނުމަށް ޖެންޑާއިން ބައެއް ކުދިން، ރާއްޖޭގެ ތިން ރަށެއްގައި ގާއިމްކޮށްފައިވާ އަމާން ވެއްޓަށް ވަނީ ބަދަލުކޮށްފަ އެވެ.  

އެގޮތުން ވިލިމާލެ ކުޑަކުދިންގެ ހިޔާއާއި ހުޅުމާލެ ފިޔަވަތީގައި ދިރިއުޅޭ 17 ކުއްޖަކު ވަނީ ބ. އޭދަފުށްޓަށް މިދިޔަ ޑިސެމްބަރު މަހު ބަދަލުކޮށްފަ އެވެ. އަދި ޖެނުއަރީ ހަ ވަނަ ދުވަހު ށ. ފޮނަދޫ އަމާން ވެއްޓަށް ވިލިމާލެ ކުޑަކުދިންގެ ހިޔާއާއި ހުޅުމާލެ ފިޔަވަތީގައި ދިރިއުޅޭ 16 ކުއްޖަކު ވަނީ ބަދަލުކޮށްފަ އެވެ. 

މީގެ އިތުރުން ވިލިމާލެ ކުޑަކުދިންގެ ހިޔާއާއި ހުޅުމާލެ ފިޔަވަތީގައި ދިރިއުޅޭ އިތުރު 11 ކުއްޖަކު ޏ. ފުވައްމުލަކު އަމާން ވެއްޓަށް ވަނީ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު ޖެންޑާއިން ބަދަލު ކޮށްފައެވެ.

  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް