ads
ތިމަރަފުށީ ދާއިރާގެ މެންބަރު އަބްުދުﷲ ރިޔާޒު
ކޯލިޝަން ސަރުކާރު ގެންނަން އިހުލާސްތެރި މަސައްކަތެއް މަލީޙް ކުރި: ރިޔާޒު
ސަރުކާރު ކޯލިޝަން ގެންނަން އިހުލާސްތެރި މަަސައްކަތްތަކެއް މިނިސްޓަރު އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ މުހައްމަދު މަލީހު ޖަމާލް ކުރެއްވި ކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންގޮސްފައިވާއިރު ޖަލްސާގައި ވާހަކަ ދައްކަވަމުން ޖޭޕީގެ މެމްބަރު ރިޔާޒު ވިދާޅުވީ މިހާ ހިސާބަށް އައިއިރު ވެސް މަލީހުގެ ވާޖިބު އަދާނުކުރާ ކަމަށް ސަރުކާރުން ޖޭޕީގެ ލީޑާޝިޕް އަދި މެމްބަރުންނާ ހަމައަށް ވެސް އަންގާފައި ނުވާ ކަމަށެވެ. 

ރިޔާޒު ވިދާޅުވީ މަލީހް ވަކިކުރުމަށް ކުރި މަސައްކަތަކީ ބަލައިގަންނަ އަދި ތާއީދުކުރާނެ ކަމެއް ވެސް ނޫން ކަމަށެވެ. 

"ކޯލިޝަން ސަރުކާރެއް. ކޯލިޝަން ސަރުކާރު ގެނައުމަށްޓަކައި ވެސް މަލީހު ވަރަށް އިހުލާސްތެރި މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް އެމަނިކުފާނަކީ. އަޅުގަނޑުމެންނާއެކުގައި މަަސައްކަތް ކުރެއްވި. އެމަނިކުފާނާ ދޭތެރޭ އިތުބާރު ނެތް ކަމަށް ސަރުކާރުން ނުބުނާކަން ވެސް ފާހަގަކުރެވޭ،" ރިޔާޒު ވިދާޅުވި އެވެ. 

އޭގެ އިތުރުން، އެމްޑީޕީެގ ސުޕަ މެޖޯރިޓީ އޮތުމުން ސިޔާސީ ކަންކަން ހާސިލުކުރުމަށް ކަންތައް ކުރެވިދާނެ ކަމަށް ވިދާޅުވެ ރިޔާޒު ވަނީ މެމްބަރުންނަށް ފާޑުވިދާޅުވެފަ އެވެ. އަދި މަލީހް ވަކިކުރަނީ މަސައްކަތް ނުކޮށްގެން ނޫން ކަމަށް ވެސް ވިދާޅުވި އެވެ. 

މަލީހަށް ފުރިހަމަ އިތުބާރު އޮތްކަމަށް ޖޭޕީން ބުނާއިރު އެމްޑީޕީން އިސްވެ އޮވެ އެ މައްސަލަ ހުށަހެޅުމަކީ ފިނޑި އަމަލެއްގެ ގޮތުގައި އެ ޕާޓީން ސިފަކުރެ އެވެ.

މަލީހުގެ އިތުބާރު ނެތްކަމަށް ފެންނަކަމަށް 59 މެންބަރުން ވޯޓު ދިނުމާއެކު މިނިސްޓަރުކަމުން، މަލީހު ވަކިވީ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް