ހޯމަ ދުވަހު ހެނދުނު ލޯރެންޒޯ ރާއްޖެ އައުމުން މާލޭ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާއަށް މަރުހަބާކީ ކުޅިވަރު ވަޒީރު މަހްލޫފާ ޓުވަރިޒަމް ވަޒީރު މައުސޫމުގެ އިތުރުން ރާއްޖޭގައި ރޭސް ޖަހާ ޒުވާނުންގެ ތެރެއިން ބައެއް ރޭސަރުންނެވެ.
އުމުރުން ތެއްތިރީސް އަހަރުގެ ޒުވާން ރޭސަރު ލޯރެންޒޯވަނީ ދެހާސް ހަވަނަ އަހަރާއި ދެހާސް ހަތްވަނަ އަހަރު ދުނިޔޭގެ ރޭސިން ޗެމްޕިއަންކަން ހޯދާފަ އެވެ. އޭނާ ރާއްޖެ އައުމުން އޭނާއަށް މަރުހަބާ ކިޔުމަށް ހިންގުނު ހަރަކާތުގެ ތެރޭގައި ދިވެހި ރޭސަރުންނާއި އެކު ފޮޓޯ ސެޝަނެއް މިއަދު ބޭއްވި އެވެ.