ads
އަހުމަދު އަދީބު--
ޑޮކްޓަރު ލަފާ ދޭގޮތަކުން އަދީބު ޖަލަށް ބަދަލު ކުރެވޭނެ: ކަރެކްޝަންސް
ކުރީގެ ނައިބު ރައިސް އަހުމަދު އަދީބު ސިއްހީ ހާލަތާއި ގުޅިގެން ޑޮކްޓަރު ލަފާ ދޭގޮތަކުން އެމަނިކުފާނު ޖަލަށް ބަދަލު ކުރެވޭނެ ކަމަށް ކަރެކްޝަނުން ބުނެފި އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެމުން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އަހުމަދު ނަސީމު ވިދާޅުވީ އަދީބު ގޭ ބަންދުގައި ހުންނަވަމުން ދަނީ ބަލި ހާލަތު ހުރި ގޮތުން ކަމަށެވެ. އަދި ބަލި ހާލަތު ރަނގަޅުވާނޭ ދުވަހެއް ނޭގޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 

"އަދީބުގެ ޑޮކްޓަރު ލަފާ ދޭގޮތަކުން ޖަލަށް ބަދަލު ކުރެވޭނެ" - ކަރެކްޝަންސް-

އަދީބުގެ މައްޗަށް،  ގޭބަންދަށް ބަދަލު ކުރުމުން އެކަމާ ގުޅުވައި ސަރުކާރަށް ވަރަށް ގިނަ ފާޑުކިޔުންތަކާ ކުރިމަތި ވިއެވެ.

މިކަމާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރިން ވިދާޅުވެފައި ވަނީ އަދީބު ގޭގައި ހުންނަވަނީ މެޝިނެއްގެ އެހީގައި ނިދަން ޖެހިވަޑައިގަންނަވާތީކަމަށެވެ. 

 އެ މެޝިން ޖަލުގައި ބޭނުން ނުކުރެއްވޭކަމަށް ވެސް ހޯމް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އަދީބު ޑޮކްޓަރަށް ދައްކަން ލަފާ ދީފައިވާ ކަމަށާއި ޑޮކްޓަރުގެ ލަފާގެ މަތިން އޭނާ ގޭބަންދަށް ބަދަލުކުރީ ވަކި މުއްދަތެއް ނެތް ގޮތައްކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ. 

ނަމަވެސް ޑޮކްޓަރުގެ ލަފާގެ މަތިން އަނެއްކާވެސް އޭނަ ޖަލަށް ބަދަލުކުރެވިދާނެކަމަށް ކަރެކްޝަނުން ބުނެއެވެ. 

އަދީބަށް އޮތީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ

އަހުމަދު އަދީބު 20 އަހަރަށް ޖަލަށްލައި. 2 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. 

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން އަދީބަށް ކުރި ހަތް ދައުވާއަށް އޭނާ އިއުތިރާފްވެ ވަޑައިގަތުމުން އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި ވަނީ ހުކުމް އިއްވައިފަ އެވެ.

ކޮންމެ ދައުވާއެއްގެ ހުކުމް އިއްވުން ކުރިއަށް ގެންގޮސްފައިވަނީ ވަކި ވަކިންނެވެ. އެގޮތުން ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ އެއް ދައުވާގައި އަދީބު ހަތަރު އަހަރާއި ނުވަ މަހާއި 18 ދުވަހަށް ޖަލަށްލާން ވަނީ ހުކުމްކޮށްފަ އެވެ. ހިޔާނާތުގައި ބައިވެރިވުމުގެ ދެވަނަ ދައުވާގައި ހުކުމް އިއްވީ 2 އަހަރާއި 4 މަހާއި 24 ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށެވެ.

މީގެ އިތުރުން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ އެއް ދައުވާގައި ކޯޓުން އިއްވީ ހަ މަހުގެ ޖަލު ހުކުމެކެވެ. އަދި ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެވަނަ ދައުވާގައި އިއްވީ 1 މަހާއި 15 ދުވަހުގެ ޖަލު ހުކުމެކެވެ.

މަނީ ލޯންޑަރިންގެ ދެ ދައުވާއެއް ވެސް އަދީބުގެ މައްޗަށް ވަނީ ދައުލަތުން އުފުލައިފަ އެވެ. އެގޮތުން އެއް ދައުވާގައި 5 އަހަރާއި 11 މަހަށް ޖަލަށް ލުމުގެ އިތުރުން 1 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް އަދީބުގެ މައްޗަށް ވަނީ އައިސްފަ އެވެ. އަދި ދެވަނަ ދައުވާއަށް ފަސް އަހަރާއި 11 މަހުގެ ޖަލު ހުކުމެއް އިއްވައި، އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރިއެވެ.

ދައުލަތުން އަދީބުގެ މައްޗަށް އުފުޅާފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގައި އިއްވާފައިވަނީ ތިން މަހުގެ ޖަލު ހުކުމެކެވެ.

އަދީބު 20 އަހަރަށް ޖަލަށްލާން ހުކުމް ކުރިޔަސް، އޭނާ ތަންފީޒު ކުރައްވަން ޖެހިވަޑައިގަންނަވާނީ 19 އަހަރުގެ މުއްދަތެކެވެ. އެއީ އެ މައްސަލަތަކާ ގުޅިގެން އޭނާ 2019 އަހަރުގެ ފަހުކޮޅުން ފެށިގެން ބަންދުގައި ހުންނެވި މުއްދަތު ހުކުމުގެ މުއްދަތުން އުނި ކުރުމުންނެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް