ads
ހއ. ބާރަށް ---
ބާރަށް މޮނީޓަރިންގެ އަށް!
ކަރަންޓީން ސާމްޕަލްއިން ޕޮޒިޓިވްވި ބަޔަކު ރަށުގެ ބައެއް މީހުންނާިއ ކޮންޓެކްޓުވެގެން ހއ. ބާރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލްގެ ރައީސް އަލީ ޝަމީމް ވިދާޅުވީ، ހޯމް ކަރަންޓީނުގައި ހުރި ނުވަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މި މީހުން ޕޮޒިޓިވްވެފައިވަނީ އެންމެންގެ ރިލީޒް ސާމްޕަލް ނެގި އިރުއެވެ.

އެގޮތުން ޕޮޒިޓިވްވި މީހުންގެ ތެރޭ ހައި ރިސްކު ކެޓަގަރީގައި ހިމެނޭ 65 އަހަރުން މަތީހެ މީހަކާއި ކުޑަ ދެކުއްޖަކު ހިމެނޭ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އެރަށް މޮނީޓަރިންއަށް ލާފައިވަނީ އެގޭގައި އިތުރުބަޔަކު ދިރިއުޅެމުން އަންނަ އިރު، އެމީހުންނާއި ކޮންޓެކްޓުވެފައި ވާތީ ކަމަށެވެ. އެގޮތުން އެގޭގައި ޖުމުލަ 13 މީހުން އުޅޭ ކަމަށާއި، ޕޮޒިޓިވްވި ނުވަ މީހުންނަކީ ކަރަންޓީނުގައި ތިބި މީހުން ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވި މީހުންގެ ސާމްޕަލްތައް ނަގަމުން އަންނަ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ބާރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ހޯމަ ދުވަހު މެންދުރު ފަހު 3:55 ހާއިރު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް