އެޗްޕީއޭ އިން އަނެއްކާވެސް ދެއްވަދޫ މޮނީޓަރިންއަށް ލާފައިވަނީ މިއަދު އެވެ.
އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދެއްވަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ސިއްހީ ގޮތުން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ.
އެގޮތުން މިއަދުން ފެށިގެން އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން ދެއްވަދޫއަށް އަރާ ފޭބުން ވަނީ މަނާ ކޮށްފައެވެ.
މިއަހަރު ޖެނުއަރީ މަހު ދެއްވަދޫ ކަރަންޓީނަށް ލާފައިވަނީ ހޯމް ކަރަންޓީނުގައި ހުރި ކުއްޖަކަށް ނުބައި ނަތީޖާއެއް ދެވިގެން ބޭރަށް ނިކުތުމުން ގިނަ ބަޔަކާ ކޮންޓެކްޓްވެގެންނެވެ. އަދި އޭގެ ތެރެއިން ބަޔަކު ޕޮޒިޓިވްވެސް ވުމާއި ގުޅިގެންނެެވެ.
ގިނަ ދުވަސްތަކެއް ވަންދެން އޭރު ދެއްވަދޫ މޮނީޓަރިންގައި ބޭއްވުމަށްފަހު، މޮނިޓަރިންގެ ހާލަތު އުވާލާފައިވަނީ ފެބްރުއަރީ އެކެއްގައެވެ.