މިކަން ގެޑޮޓް އިއުލާނު ކުރީ އޭނާގެ ސޯޝަލް މީޑިއާގައި އާއްމުކުރި ޕޯސްޓެއްގަ އެވެ.
އިޒްރާއިލްގެ މަޝްހޫރު ރިއަލް އެސްޓޭޓް ޑިވެލޮޕާއެއް ކަމުގައިވާ ޔަރޮން ވާސާނޯ އާ ގާލް ގެޑޮޓް ކައިވެނި ކުރީ 2008 ވަނަ އަހަރުގައެވެ. 2011 ވަނަ އަހަރު އެމީހުންނަށް ދަރިއެއް ލިބިފައިވާއިރު 2017 ވަނަ އަހަރު އެދެމަފިރިންނަށް ދެވަނަ ދަރިއަކު ވަނީ ލިބިފައެވެ.
މަޝްހޫރު ކޮމިކް ފިލްމު “ވޮންޑާވިމެން”ގެ ރޯލުން ބޮޑު މަޝްހޫރު ކަމެއް ހޯދި ގަލް ގެޑޮޓް ވަނީ މިއުޒިކީ ދުނިޔޭގެ އެންމެ ޝަރަފްވެރި އެވޯޑް ޝޯ ކަމުގައިވާ 2021 ވަނަ އަހަރުގެ ގޮލްޑެން ގްލޯބް އެވޯޑްސް ވެސް ޕްރެޒެންޓް ކޮށްފައެވެ.
ގެޑޮޓް އެންމެ އަވަހަށް ދެން ފެނިގެންދާނީ “ޒެކް ސްނައިޑާސް ޖަސްޓިސް ލީގް” އިންނެވެ.