ads
ފިނޭންސް މިނިސްޓްރީ---
އިންކަމް ސަޕޯޓުގެ ގޮތުގައި 292.8 މިލިއަން ރުފިޔާ ދޫކޮށްފި
ފާއިތުވި ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 292.8 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިންކަމް ސަޕޯޓް އެލަވަންސް ދޫކޮށްފައިވަނީ ޖުމްލަ 18،534 މީހަކަށެވެ. 

މީގެ އިތުރުން ފެބްރުއަރީ މަހުގެ 25 ގެ ނިޔަލަށް ކޮވިޑާ ގުޅިގެން ސިއްހީ އަދި އިޖުތިމާއީ ކަންކަމުގައި 1،504.3 މިލިއަން ރުފިޔާ އަދި އިކޮނޮމިކް ރެސްޕޮންސްގެ ގޮތުގައި 1،545.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

ކޮވިޑް 19 އާއި ގުޅިގެން ކޮށްފައިވާ އެކި ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ވަނީ އެ އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި މަހަކު 5،000 ރުފިޔާ ދިނުމަށް ނިންމައިފަ އެވެ.

ސަރުކާރުން އިންކަމް ސަޕޯޓް އެލަވަންސްގެ ދަށުން އެހީތެރިކަން ފޯރުކޮށްދެމުން ދަނީ ކޮވިޑާއި ގުޅިގެން ވަޒީފާ ގެއްލިފައިވާ ފަރާތްތަކުގެ އިތުރުން، އާމްދަނީ ލިބުމުގައި ދަތިތައް ދިމާވެފައިވާ ފަރާތްތަކަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް