ads
ވިވާން---
ބަޖާޖުގެ ރޯލުން ފެނިގެން ނުދާނެކަން ވިވާން ކަށަވަރުކޮށްދީފި
އެކްތާ ކަޕޫރުގެ އެންމެ މަގްބޫލު އެއް ޑްރާމާ، ކަސޯޓީ ޒިންދަގީ ކޭގެ ދެވަނަ ބައިގައި ބަޖާޖުގެ ރޯލުން ކަރަން ސިންގް ގުރޯވާގެ ބަދަލުގައި ވިވާން ބަޓޭނާ ފެނިގެން ނުދާނެ ކަން ވިވާން ބުނެފިއެވެ.
Advertisement
އެކްތާ ކަޕޫރުގެ އެންމެ މަގްބޫލު އެއް ޑްރާމާ، ކަސޯޓީ ޒިންދަގީ ކޭގެ ދެވަނަ ބައިގައި ބަޖާޖުގެ ރޯލުން ކަރަން ސިންގް ގުރޯވާގެ ބަދަލުގައި ވިވާން ބަޓޭނާ ފެނިގެން ނުދާނެ ކަން ވިވާން ބުނެފިއެވެ.

ކަރަން އެ ޝޯއިން ވަކިވުމާ ގުޅިގެން ގިނަ ބައެއްގެ މެދުގައި ވަނީ ބަޖާޖުގެ ރޯލުން ފެނިގެންދާނީ ކާކު ތޯ ސުވާލުއުފެދިފައެވެ. ދާދި ފަހުން ކަރަން ހިއްސާކުރި ފޮޓޯއެއްގެ ސަބަބުން ގިނަ ބަޔަކު ވަނީ އެރޯލުން ފެނިގެންދާނީ ވިވާން ކަމަށް ބުނެފައެވެ.


ސަބަބެއް ވެސް ނެތިއެއް ނޫނެވެ. ކަރަން ވަނީ އޭނާ އާއި ވިވާންގެ ފޮޓޯ ހިއްސާކޮށް ވިވާން އެއީ ބަޖާޖު ކަމަށް ބުނެފައެވެ. އެކަމާ ގުޅިގެން ވިވާން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއެއްގައި ބުނީ އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

ވިވާން ބުނީ އިންޑިއާގެ މަޝްހޫރު އެކްޓަރު އަޔާޒް ހާންގެ ހޮލޯވީން ޕާޓީއަށް އޭނާ ދިޔައީ ބަޖާޖު(ކެރެކްޓަރު) އަށް ވެގެން ކަމަށެވެ. އަދި ކަރަން އޭނާ ދިމާލަށް ބަޖާޖު އޭ ބުނީ އެހެން ވެގެން ކަމަށް ވެސް ކަރަން ވަނީ ބުނެފައެވެ.

އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި ކަރަން އެޝޯ ދޫކޮށްލީ އެ ކެރެކްޓަރާ މެދު އޭނާ ހިތްހަމަނުޖެހޭތީ އެވެ. އަދި އެ ރޯލުގެ ސަބަބުން އޭނާގެ ހުނަރު ނުދެއްކޭތީ ކަމަށް ވެސް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ބައެއް ނޫސްތަކުން ބުނާގޮތުގައި ކަރަން އެރޯލު ދޫކޮށްލާފައި ވަނީ ޝޯގެ އުފެއްދުންތެރިންނާ ދެމެދު މައްސަލައެއް ޖެހިގެންނެވެ.

އެކަމާ ގުޅޭ ގޮތުން އިންޑިއާގެ ނޫހެއް ކަމަށްވާ ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި ކަރަން ބުނީ އެއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި އޭނާ އެ ޝޯއިން ވަކިވީ، މި ވަގުތަށް ވާހަކައިގައި އެހެން ލިޔެފައި ވާތީ ކަމަށް ވެސް ކަރަން ވަނީ ބުނެފަ އެވެ.

ވިވާން އަކީ ފިލްމު އިންޑަސްޓްރީގައި ފިޔަ ޖަހަމުން އަންނަ ފަންނާނެކެވެ. އޭނާ ވަނި "ހޭޓް ސްޓޯރީ 4" އާއި "ޖުޅުވާ 2" އަދި "ދަންގަލް" ފަދަ ކާމިޔާބު ފިލްމުތަކުން ފެނިގެން ގޮސްފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް