ads
އީސީގެ މެމްބަރުން-- ފޮޓޯ: ޓްވިޓާ
ރިލްވާނާއި ޔާމިންގެ ތަހުގީގަށް އިހުމާލުވި ޒާހިދަށް ވަޒީފާ ދިނީ ޕްރޮސެސްގެ ތެރެއިން: އީސީ
ޔާމިނު ރަޝީދުގެ މަރުގެ މައްސަލަ ބެލުމުގައި އިހުމާލުވެފައިވާ މައްސަލައާއި، ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ އާއިލާގެ ފަރާތުން ހުށަހެޅި މައްސަލަ ބެލުމުގައި އިހުމާލުވި މައްސަލައާއި، އެނޫންވެސް ބޮޑެތި ތުހުމަތު ތަކެއްގައި ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރު ކަމުން ވަކިކުރި ކުރީގެ ނާއިބު ރައީސް މުހައްމަދު ޒާހިދަށް އިލެކްޝަންސް ކޮމިޝަނު އިސްމަގާމެއް ދިނީ އޮންނަ ޕްރޮސެސްގެ ތެރެއިންކަމަށް އެ ކޮމިޝަނުން މިއަދު ބުނެފިއެވެ.

ހައުމަން ރައިޓްސް ކޮމިޝަން އޮދް ފަ މޯލްޑިވްސްގެ ކުރީގެ ނާއިބު ރައީސް މުހައްމަދު ޒާހިދުގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފައިވަނިކޮށް، އިލެކްޝަންސް ކޮމިޝަނުގެ ކޮމްޕްލެއިންސް ބިއުރޯގެ އިސްވެރިއަކަށް ކަނޑައެޅުމުގެ ސަބަބުން މިއަދު ރައްޔިތުންގެ މަޖިލީހުގެ މިނިވަންމުއައްސަސާތަކާ ބެހޭ ކޮމެޓީއަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ވަނީ ހާޒިރުކޮށްފައެވެ.

ޝަރީފް ވިދާޅުވީ، ޒާހިދު އެ މަގާމަށް ހޮވީ އޭނާގެ ޝަރުތު ހަމަވާތީކަމަށެވެ. އަދި އޭނާ އެ މަގާމަށް ހޮވީ އޭނާއަކީ މަޖިލީހުން އިތުބާރު ނެތްކަމަށް ނިންމާފައިވާ މީހަކަށް ވާތީ ނޫންކަމަށެވެ.

މި މައްސަބަލަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ނިންމީ، އެ މައްސަލަ ބައެއް މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އެ ކޮމެޓީގެ ސަމާލުކަމަށް އެކަން ގެނައުމުންކަމަށް އެ ކޮމެޓީގެ މުގައްރިރު ރޮޒޭނާ އާދަމް ވިދާޅުވިއެވެ. 

މިކަން އޮޅުން ފިލުވާ ދިނުމަށް މުގައްރިރު އެދުމުން، އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފްގެ ވިދާޅުވީ، ޒާހިދު ކޮމްޕްލެއިންސް ބިއުރޯއަށް ނެގީ އާންމުކޮށް އިއުލާނުކޮށްގެން ޝަރުތު ފުރިހަމަވާ މީހުންގެ ތެރެއިން އިންޓަވިއުކޮށްގެން އިންޓަވިއުއިން ނެގުނު މީހެއްކަމަށެވެ. އެނާ މަގާމަށް ނެގީވެސް ފަސް މެންބަރުންގެ އިއްތިފާގުން ކަމަށް ވެސް ވިދާޅުވިއެވެ. 

"މަގާމަށް ހޮވީ ރައްޔިތުންގެ މަޖިލީހުން އިތުބާރުނެތްކަމަށް ނިންމަވާފައިވާތީއެއް ނޫން. ކުރިމަތި ލައިގެން އިންޓަވިއު ޕްރޮސެސް އަކުން އެޕްރޫވް ވެގެން. މި ނަގާފަ އޮތީ. ދެން އެކަމުގަ މިނިވަން މުއައްސަސާކޮމެޓީން ދެކެވަޑައިގަންނަވާ ގޮތެއް. މެންބަރުން ދެކިވަޑައިގަންނވާ ގޮތެއް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެކިވަޑައިގަންވާގޮތް ހިއްސާކޮށްދެވުމަކީ އަޅުގަނޑުމެންގެ އެދުމެއް،" - ޝަރީފް-

މިކަމާ ގުޅިގެން ބިލެއްދޫ ދާއިރާގެ މެންބަރު، އަހުމަދު ހަލީމް (ދޮން ބިލެއް) ވިދާޅުވީ، އެކަމުގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އެބައޮތް ކަމަށެވެ. ޒާތީ މައްސަލައެއް ނެތްކަމަށެވެ. 

"އަޅުގަނޑުމެން އިތުބާރު ނެތްކަމަށް ނިންމާފަ ހުރި ބޭފުޅެއް އަނެއްކާވެސް ރައްޔުތުންނާ ގުޅުން ހުރި ކަމަކަށް ލުން މައްސަލައަކީ،" - ދޮން ބިލެތް 

ޒާހިދު މަގާމުން ވަކިކޮށްފައިވަނީ، ހައްސާސް ބޮޑެތި މައްސަލަތަކެއްގެ ސަބަބުން އެބޭފުޅާގެ އިތުބާރު ނެތްކަމަށް 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުން ފާސްވެގެންނެވެ. އެ މައްސަލަ ތަކަކީ، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ތަކުރާރުކޮށް ދޮގު މައުލޫމާތުދިން މައްސަލައާއި، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް ހުރަސްއެޅި މައްސަލައާއި، ޔާމިނު ރަޝީދުގެ މަރުގެ މައްސަލަ ބެލުމުގައި އިހުމާލުވެފައިވާ މައްސަލައާއި، ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ އާއިލާގެ ފަރާތުން ހުށަހެޅި މައްސަލަ ބެލުމުގައި އިހުމާލުވި މައްސަލަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް