ads
އައްޑޫ ފްލައިން ސްކޫލު--
ފްލައިންގް ސްކޫލުގެ ދަރިވަރަކު މީހަކު މެރިކަމުގެ ތުހުމަތު: ކުށްވެރިކޮށްފި!
ފްލައިންގް ސްކޫލުގެ ދަރިވަރަކަށް،އެ ދަރިވަރަކީ ގަސްދުގައި މީހަކު މަރާފައިވާ ދަރިވަރެއް ކަމަށް ތުހުމަތު ކުރި މައްސަލަ އެ ސްކޫލުގެ ދަރިވަރުންގެ ޔޫނިއަނުން ކުށްވެރި ކޮށްފިއެވެ.
Advertisement

އޭއޭއޭ ގެ ދަރިވަރުންގެ ޔޫނިއަނުން އާންމުކުރި ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ފްލައިންގް ސްކޫލުގެ ދަރިވަރަށް މިފަދަ ތުހުމަތެއްކޮށްފައިވަނީ ސްކޫލުން ދަރިވަރަށްފޮނުވި އީމެއިލެއް ގައި ކަމަށެވެ.

އެގޮތުން މިދިޔަ މަހު 27 ގައި ފްލައިންގް ސްކޫލުން މި އީމެއިލް ފޮނުވާފައިވަނީ ޓްރާންސްޕޯޓު މިނިސްޓްރީ އަދި ހަޔާ އެޑިއުކޭޝަންގެ ސީނިއާ މުވައްޒަފުންނަށް ކޮޕީކޮށްފައި ކަމަށް ދަރިވަރުންގެ ޔޫނިއަނުން ބުނެއެވެ.

ފްލައިންގް ސްކޫލުގެ ދަރިވަރުންގެ ޔޫނިއަނުން ބުނީ މި ތުހުމަތުތަކަކީ އެއްވެސް އަސާސެއް އަދި ހަގީގަތެއް ވެސް އެކުލެވިގެންވާ ތުހުމަތުތަކެއް ނޫން ކަމަށެވެ. އަދި ފްލައިންގް ސްކޫލުގެ މި އަމަލަކީ މި ޔޫނިއަން އިން ދަރިވަރުންގެ ހައްގުގައި ކުރަމުން އަންނަ މަސައްކަތުގައި އެ ދަރިވަރު ބައިވެރިވަމުން އަންނާތީ، ސަރުކާރުގެ މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ ކުރިމަތީ އެ ދަރިވަރުގެ ނަން ކިލަނބުކޮށް، ދަރިވަރުގެ ކެރިއަރު ދުއްވާލުމަށް ދިން ޒާތީ ހަމަލާއެެއް ކަމަށް އެ ޔޫނިއަނުން ބުނެފައިވެއެވެ.

އެ ޔޫނިއަނުންގަބޫލުކުރަނީ ފްލައިންގް ސްކޫލުގެ މިއަމަލަކީ އެ ސްކޫލުގެ ހުރިހާ ދަރިވަރުންނަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާއެއެއް ގޮތުގައި ކަމަށާއި މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް އެޔޫނިއަނުން ބުނެފައިވެއެވެ.

"މީގެ ކުރިންވެސް ފްލައިންގް ސްކޫލުގެ ފަރާތުން ދަރިވަރުންނަށް ނަފްސާނީ އަދި ޖިސްމާނީ އަނިޔާތަކެއް ލިބިފައިވޭ" - ދަރިވަރުންގެ ޔޫނިއަން-

މިކަމާ ގުޅިގެން އެ ޔޫނިއަންގެ ފަރާތުން ޝަކުވާ ކަމާއިބެހޭ ސަރުކާރުގެ އިދާރާތަކާއި ހިއްސާކުރިކަމަށް އެ ޔޫނިއަނުން ބުނެއެވެ.

ގަސްދުގައި މީހަކު މެރި ކަމުގެ ތުހުމަތުކޮށް ދަރިވަރަކަށް ފޮނުވި މި އީމެއިލަކީ، ފްލައިންގް ސްކޫލުން އެ ސްކޫލުގެ ދަރިވަރުންނަށް ކުރަމުން އަންނަ ދުއްތުރާތަކާއި ގޯނާއަށް އިތުރު ވެގެންދިޔަ ބޮޅެއްގެ ގޮތުގައި ދަރިވަރިންގެ ޔޫނިއަނުން ފާހަގަ ކޮށްފައިވެއެވެ. އަދި މި އަމަލަކީ ދަރިވަރުންގެ ހައްގު ހޯދުމަށް ދަރިވަރުން ވަކާލާތުކުރަމުން އަންނަ އައުމަށް ހުރަސް އަޅައި، ދަރިވަރުން ނަފްސާނީ ގޮތުން ބަލިކަށި ކުރުމަށް ގަސްދުގައި ކޮށްފައިވާ އަމަލެއް ކަމުގައިއެ ޔޫނިއަނުން ދެކޭ ކަމަށް ބުނެފައިވެއެވެ.

ތަކުރާރުކޮށް ފްލައިންގް ސްކޫލުގެ ދަރިވަރުންނަށް މިފަދަ ގޯނާތައް ކުރާތީ އެ ޔޫނިއަނުން ކަންބޮޑުވާކަމަށް މިބަޔާނުގައި ބުނެފައިވެއެވެ. އަދި ދަރިވަރުންގެ ހައްގު ހޯދުމަށް އެ ޔޫނިއަނުން ކުރަމުން އަންނަ މަސައްކަތްތަކަށް ހުރަސް އެޅުމުގެ މަގުސަދުގައި ފްލައިްގް ސްކޫލުން އެފަދަ ނޭއްގާނީ އަމަލުތަށް ތަކުރާރު ކުރަމުން އަންނަ އައުމަކީ އެކަމުގެ ސަބަބުން އެ ޔޫނިއަނުން ކުރަމުން އަންނަ
މަސައްކަތްތައް މަޑުޖެހޭނެ ސަބަބެއްނޫން ކަމަށްއެ ޔޫނިއަނުން ބުނެއެވެ.

މީގެ އިތުރުން ފްލައިންގް ސްކޫލުން ފޮނުވި މި އީމެއިލާއި ގުޅިގެން، އެކަން ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ސަރުކާރުގެ ކަމާއި ގުޅުން ހުރި އިދާރާތަކަށް އެ ޔޫނިއަނުން ވަނީ ގޮވާލާފައެވެ.

މިކަމާ ގުޅިގެން ފްލައިގެން ސްކޫލުގެ ބަހެއް ހޯދުމަށް ސީއެންއެމް އިން ގުޅުމުން، ފްލައިން ސްކޫލުން ވަނީ، ސުކޫލްގެ ފަރާތުން އެ ދަރިވަރަށް އެމެއިލް ކުރި ފަރާތުން މާފަށް އެދިފައިވާނެ ކަމަށް ބުނެފައެވެ. އަދި އެ މެއިލް ކުރެވުނުއިރު އެމެއިލްގައި އެހެން ބުނެވުނު އަސާސް ވެސް އެ ދަރިވަރަށް އެންގިފައި ވާނެ ކަމަށް ފްލައިންގް ސްކޫލުން ބުނެއެވެ.

މީގެ އިތުރުން ފްލައިންގް ސްކޫލުގެ ދަރިވަރުންނާ ގުޅުން ހުރި ކަންކަން  އިސްލާހު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމށް އެ ސްކޫލުން ބުނެއެވެ. އަދި މިކަމުގައި އެ ސްކޫލުގެ ހުރިހާ ދަރިވަރުންގެ އެއްބާރުލުން ބޭނުންވާކަން ފާހަގަކޮށްފައިވެއެވެ.

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
80%
ވަރަށް ސަލާމް
ކޮމެންޓްސް