
އަނަސް ވިދާޅުވީ އެމައްސަލަތަކަކީ އެއް ދުވަހުން ނުވަތަ ދެ ދުވަހުން ހައްލުވާނެ ކަންކަމެއް ނޫންކަމަށާއި އެކަން ކުރަން ބޭނުންވަނީ ކަންކުރެވޭ އެކަމުގެ ޓްރެކް ރެކޯޑްއޮތް ބައެއްކަމަށެވެ.
އަދި އެބަޔަކީ އެމްޑީޕީ ކަމަށާއި އެމްޑީޕީއަކީ ރައްޔިތުންގެ ވިންދުކަމަށް އަނަސް ވިދާޅުވިއެވެ.
އަންނަ އޭޕްރީލް މަހު 10 ގައި ބޭއްވުމަށް ހަމަޖައްސާފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ މޭޔަރު ކަމަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލާފައިވަނީ އަނަސް އެވެ. އަދި އަަނަސް ދަނީ އިންތިހާބުގެ ކެމްޕެއިންއަށް ގޭގެއަށް ވެސް މަދުން ނަމަވެސް ޒިޔާރާތް ކުރަމުންނެވެ.
ކެމްޕެއިންގެ ވާދަވެރިކަން ބޮޑުވެފައިވާ މިދަނޑިވަޅުގައި އަނަސް ވަނީ މާލޭގައި ދިރިއުޅުއްވާ އަދި މާލެއިން ހިދުމަތް ހޯދާ ރައްޔިތުންނަށް އެބޭފުޅުން އުފުއްލަވާ ބުރަ އެގިލައްވާނެ ކަމަށާއި އެމަނިކުފާނުވެސް އުޅެ ބޮޑުވީ މާލެއަށްވީމަ އެފަދަ ވާހަކަތައް ދަންނަވަނީ ކަންކަން ފެނިފައި ހުރީމަ ކަަމަށް ވިދާޅުވެފައެވެ. އެހެންކަމުން އަނަސްގެ މޭޔަރުކަމުގެ ދަށުން އެ މައްސަލަތައް ހައްލުކުރެވޭނެކަމުގެ ޔަގީންކަން ދޭ ކަމަށް ވެސް ވިދާޅުވެފައެވެ
އޭގެ އިތުރުން މާލެއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރެވޭނީ ހަމައެކަނި އެމްޑީޕީގެ ކައުންސިލަކުން ކަމަށް އަނަސް ދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަދި މިހާރުވެސް އެމްޑީޕީގެ މޭޔަރުކަމުގެ ދަށުން މާލެއަށް ގިނަ ކަންތައްތަކެއް ކުރައްވަމުންދާތީ އެކަމުގެ ޓްރެކް ރެކޯޑް އޮތީ އެމްޑީޕީގައި ކަމަށްވެސް އަނަސް ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ.