ބަނދަރަށް ވަންނަނިކޮށް މާމެންދޫ ނެރުމައްޗަށް އުރިފައިވަނީ "ގެލެކްސީ 2" ނަމަކަށް ކިޔާ ކާގޯ ބޯޓެކެވެ.
އެމްއެންޑީއެފް އިން ބުނީ ނެރު މައްޗަށް ދޯނި އުރުނު އިރު އޭގަ އަށް މީހުން ތިބި ކަމަށެވެ. އަދި މިހާރު އެ ސަރަހައްދަުގައި އެމްއެންޑީއެފްގެ ސެންޓަރަލް އޭރިއާ ކޯސްޓް ގާޑުގެ ޑައިވަރުން ދަނީ ހަރަކާތްތެރި ވަމުން ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 20:30 ހާއިރު ކަމަށާއި ހާދިސާއާއި ބެހޭ އިތުރު މައުލޫމާތު ހިއްސާކުރަމުން ދާނެ ކަމަށް އެމްޑީއެފްއިން ވަނީ ބުނެފައެވެ.