ads
އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގު
ފިޔަވަޅުތަކަށް ލުއިދެވޭނެ ހަމައެކަނި ގޮތަކީ ވެކްސިން ޖެހުން: ޑރ. ނަޒްލާ
ކޮވިޑް-19އިން ރައްކާތެރިވުމަށް އެޅިފައިވާ ބޮޑެތި ފިޔަވަޅުތަކަށް ލުއި ދެވޭނެ ހަމައެކަނި ގޮތަކީ އެންމެންވެެސް ވެކްސިންގެ ރައްކާތެރިކަން ލިބިގަތުންކަަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތުތަށް ހިއްސާކުރުމަށް އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ވާހަކަ ދައްކަވަމުން ޑރ.ނަޒްލާ ވިދާޅުވީ، މިހާރު މާލެ ސަރަހައްދުން 18 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށާއި، އަތޮޅުތެރޭގައި އުމުރުންދުވަސްވީ މީހުންނާއި، 18 އަހަރާއި 50 އަހަރާއި ދެމެެދުގެ ގުރޫޕްތަަކަށްވެސް މަޑުމަޑުން ވެކްސިން ދެވެމުންދާ ކަމަށެވެ. 

އެހެންކަމުން ވެކްސިނޭޝަން ހުޅުވިފައިހުރި ގުރޫޕްތަކުގެ ބޭފުޅުން އަވަހަށް ވެކްސިންގެ ރައްކާތެރިކަން ލިބިގަތުމަށް ޑރ. ނަޒްލާ ވަނީ އިލްތިމާސްކުރައްވާފަ އެވެ.

" މިހާތަނަށް އަޅުގަނޑުމެން ކޮވިޑް ކޮންޓްރޯލް ކުރަން މިކުރާ މަސައްކަތުގައި އެންމެ އުންމީދީ އެއްކަމަކަށް މިފެންނަނީ ވެކްސިން، އެހެންވީމަ ވެކްސިން ޖަހާގެން އިރާދަކުރެއްވިޔާ ކުރިއަށް އޮތްތަނުގައި އަޅަންޖެހޭ ފިޔަވަޅުތަކަށް ލުއިތަކެއް ލިބޭނެ ހަމަ އެކަނި ގޮތަކީ މިއީ ކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ. އެހެންވީމަ ވެކްސިން ވީހާވެސް އަވަހަށް ޖެއްސެވުމަކީ ވަަރަށް މުހިންމު ކަމެއް" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ވެކްސިން ޖަހަން ވަޑައިގަންނަވާއިރު ބަލީގެ އަލާމަތްތައް ހުންނަ އެއްވެސް ފަރާތަކުން ވެކްސިން ސެންޓަރުތަކަަށް ވަޑައި ނުގަތުމަށް އިލްތިމާސް ކުރާކަމަށާއި، ބަލީގެ އަލާމާތްތައް ހުރިނަމަ ވީހާވެސް އަވަހަކަށް ސާމްޕަލް ނެގުމަކީ ވަރަށް މުހިންމު ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އޭގެ އިތުރުން  އައިސޮލޭޝަން އާއި ކަރަންޓީންގައި ތިއްބަވާ ފަރާތްތަކުންވެސް ވެކްސިން ސެންޓަރުތަކަށް ނައުމަށް ޑޮކްޓަރު ވަނީ އިލްތިމާސްކޮށްފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް