ads
ފޮޓޯ--ޕޮލިސް
އޭސީސީ އިން އިންޓަޕޯލްގެ އެހީތެރިކަން ހޯދަނީ
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މަސައްކަތްތަކާ ގުޅުންހުރި ދާއިރާއިން، އިންޓަޕޯލްގެ އެކިއެކި ކްރިމިނަލް އިންފޮރމޭޝަން ޑޭޓާބޭސްތަކާއި ލޯއެންފޯސްމަންޓް ކޭޕެބިލިޓީސް އަދި ޓޫލްސްގެ ބޭނުންކުރެވޭނެ ގޮތް މަގުފަހިވެގެންދާ އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

އިންޓަރޕޯލް ސެކިއުއާ އިންފޮމޭޝަން ނެޓްވޯކްގެ އެކްސެސް އެންޓި ކޮރަޕްޝަން ކޮމިޝަން އޮފް މޯލްޑިވްސްއަށް ދިނުމުގެ އެއްބަސްވުމުގައި އިންޓާޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯ (އެން.ސީ.ބީ) މާލެ އާއި އެންޓި ކޮރަޕްޝަން ކޮމިޝަނާ ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ.

އިއްޔެ އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި އެން.ސީ.ބީ މާލޭގެެ ފަރާތުން ސޮއިކުރެއްވީ ހެޑް އޮފް އެން.ސީ.ބީ މާލެ، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެކޮމިޝަންގެ ރައީސާ މަރިޔަމް ޝިއުނާއެވެ.

your imageފޮޓޯ--ފޮލިސް

އެން.ސީ.ބީ މާލެ އާއި އެންޓި ކޮރަޕްޝަން ކޮމިޝަނާ ދެމެދު ސޮއިކުރި އެ އެއްބަސްވުމުގެ ތެރެއިން އެންޓި ކޮރަޕްޝަން ކޮމިޝަންގެ މަސައްކަތްތަކާ ގުޅުންހުރި ދާއިރާއިން، އިންޓަރޕޯލްގެ އެކިއެކި ކްރިމިނަލް އިންފޮރމޭޝަން ޑޭޓާބޭސްތަކާއި ލޯއެންފޯރސްމަންޓް ކޭޕެބިލިޓީސް އަދި ޓޫލްސްގެ ބޭނުންކުރެވޭނެ ގޮތް މަގުފަހިވެގެންދާނެއެވެ. 

އަދި މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ލިބުމަށް އިންޓަރޕޯލްގެ އެހީތެރިކަން ލިބިގެންދާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް