ads
ފޮޓޯ ޕީއީ
ބުޅަލެއް ފްލައިޓެއް "ހައިޖެކްކޮށްފި"!
މިދިޔަ ހޯމަ ދުވަހު ރުޅިގަދަ ބުޅަލެއް ފްލައިޓެއްގެ ކޮކްޕިޓްތެރެއަށް ވަނުގެ ސަބަބުން އެ ފްލައިޓް ޖައްސަން ޖެހިއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ސޫދާންގައެވެ. 

ފްލައިޓް ނައްޓާލިތާކުޑަ ބައިގަޑީރެއްހާ އިރު ތެރޭގައި ކޮކްޕިޓްތެރެއަށް ބުޅާ ވަދެ އެތަނުގައި ތިބި ޕައިލެޓުންނަށް ވަނީ ހަމަލާ ދީފައެވެ.

އެ ފްލައިޓަކީ ސޫދާނުން ގަތަރުގެ ވެރިރަށް ދޯހާއަށް ދަތުރުކުރި ފްލައިޓެކެވެ.

ބުޅާ ކޮކްޕިޓްތެރެއަށް ވަނީ ކިހިނެއްކަން އަދި ސާފެއް ނުވެއެވެ. 

މިއީ މިފަދަ ހާދިސާއެއް ހިނގި ފުރަތަމަ ފަހަރެއް ނޫނެވެ. 

އެގޮތުން 2004 ވަނަ އަަހަރު 62 މީހުންނާއެކު ދަތުރުކުރި ބެލްޖިއަމްގެ ފްލައިޓެއްވެސް ކޮކްޕިޓަށް ބުޅަލެއް ވަދެ ކޯޕައިލެޓަށް ހަމަލާ ދިނުމުގެ ސަބަބުން ޖައްސަން ޖެހުނެވެ. އަދި ހަމަ އެ އަހަރު ބަންގުލަދޭޝް ގެ ފްލައިޓެއް ދުއްވަން އިން ޕައިލެޓަކަށް ބުޅަލެއް ހަމަލާ ދިނުމުގެ ސަބަބުން ފަސްޓްއެއިޑް ހޯދަން ޖެހުނެެވެ. އަދި 2013 ވަނަ އަހަރު ސައުދީން ހޮންކޮންގަށް ދަތުރު ކުރިން އޮފް ފްލައިޓެއްވެސް މިފަދަ ހާދިސާއެއްގައި ކެންސަލް ކުރަންޖެހުނެެވެ. 

0%
ކަމުގޮސްފި
75%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް