ads
ހަނދާނީ ލިޔުން ހަވާލުކުރި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ:ފުލުހުން
ފަސްޓްލައިން މެނޭޖްމަންޓް ކޯސް ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފި
ޕޮލިސް އެކަޑަމީން ހިންގި ފަސްޓްލައިން މެނޭޖްމަންޓް ކޯހުގެ ފަސްވަނަ ބުރު ނިންމައި ދަސްވެނިވި ބައިވެރިންނަށް ހަނދާނީ ލިޔުން ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
Advertisement
ޕޮލިސް އެކަޑަމީން ހިންގި ފަސްޓްލައިން މެނޭޖްމަންޓް ކޯހުގެ ފަސްވަނަ ބުރު ނިންމައި ދަސްވެނިވި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފި އެވެ.

ޕޮލިސް ޓްރެއިނިން ސްކޫލް، ދ. ވާނީގައި މިމަހުގެ ދެ ވަނަ ދުވަހު ބޭއްވި މިރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ދަސްވެނިންނަށް ލިޔުން ހަވާލުކޮށްދެއްވީ، ހެޑް އޮފް ޓްރެއިނިން އެންޑް ޑިވެލޮޕްމަންޓް ޑައިރެކްޓަރޭޓް، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަބްދުއްރަޙްމާން އެވެ.

މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އަހުމަދު އަބްދުއްރަހުމާން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މިކޯހުން ދަސްވި އެއްޗެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމަށް ކޯހުގެ ބައިވެރިންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.

މީގެއިތުރުން މިއަދު ވުޖޫދުކުރެވި ތަންފީޒު ކުރުމަށް މަސައްކަތް ކުރަމުންދާ ސްޓްރެޓީޖިކް ޕްލޭންގެ މަގުސަދުތައް ހާސިލްކުރުމުގައި، އެ ކޯސް ނިންމި ބައިވެރިންގެ ޒިންމާ ބޮޑުކަން ފާހަގަކުރައްވައި ޕޮލިސް ސާވިސްގެ މިޝަން އަދި ވިޝަން އާއި ބެހޭގޮތުންނާއި، ކޯ ވެލިޔުސް އާއި ބެހޭގޮތުން ވާހަކަފުޅު ދެއްކެވި އެވެ.

އޭނާ ވިދާޅުވީ ކޯސް ނިންމި ބައިވެރިންގެ އަމާޒަކަށް ވާންވާނީ ލަނޑުދަނޑިތަކަށް ވާސިލްވުމަށް މަސައްކަތްކުރުން ކަމަށާއި، އެ މަގަށް ވާސިލްވުމަށް ހަގީގަތުގައި އެންމެ މުހިއްމު މަސައްކަތެއް ކުރެވޭނީ ރައްޔިތުންނާ ކޮންމެ ދުވަހަކު ބައްދަލުވާ ފުލުހުންނަށް ކަމަށެވެ.

ފަސްޓްލައިން މެނޭޖްމަންޓް ކޯހަކީ ސިޔާސަތުގައި ދިމާވާ ހުރަސްތަކުން އަރައިގަތުމަށާއި، މޯލްޑިވްސް ޕޮލިސް ސާވިސްގެ މަސައްކަތްތައް ރަނގަޅު ގޮތުގައި ބައްޓަން ކުރުމަށާއި އެކި ރޭންކްތަކުގެ މުވައްޒަފުންނަށް ދޭންޖެހޭ ތައުލީމާއި ތަމްރީނާ އަދި ގާބިލްކަން އިތުރު ކުރުމަށްޓަކައި ފަރުމާކޮށްގެން ކުރިއަށް ގެންދާ ކޯހެކެވެ.

އެގޮތުން ޕޮލިސް ކޮންސްޓަބަލް ރޭންކުން ފެށިގެން ޕޮލިސް ސާޖަންޓް ރޭންކާ ދެމެދުގެ މުވައްޒަފުންނަށް ހަވާލުކުރެވޭ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާނެ އެންމެ އަސާސީ ތައުލީމާއި ތަމްރީން ހިމެނޭގޮތަށް މިކޯހުގައި ކިޔަވައިދީފައިވެ އެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 18 އިން މިމަހުގެ ދެވަނަ ދުވަހަށް ވާނީގައި ކުރިއަށް ގެންދިޔަ މިކޯހުގައި 31 ފުލުހަކު ބައިވެރިވެ ކޯސް ފުރިހަމަ ކޮށްފައިވެ އެވެ. ހަތް ހަފްތާގެ މުއްދަތަކަށް ހިންގި މިކޯހުގައި 25 ބޭފުޅަކު ކިޔަވައިދީފައިވެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް