ads
ހއ. ބާރަށް
ކަރަންޓީނާ ހިލާފުވުމުން ބާރަށް ބިރުވެރިކަމަކަށް
ހއ. ބާރަށުގައި ހޯމް ކަރަންޓީނުގައި ތިބި ބަޔަކު ކަރަންޓީނާ ހިލާފުވެ، އެމީހުން ޕޮޒިޓިވްވުމުގެ ސަބަބުން އެރަށުގައި ކޮވިޑް-19 ފެތުރެން ފަށައިފި އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން، ބާރަށު ކައުންސިލްގެ ރައީސް އަލީ ޝަމީމް ވިދާޅުވީ ހޯމް ކަރަންޓީނުގައި ތިބި 9 މީހަކު މިމަހު އެއްވަނަ ދުވަހު ރިލީޒް ސާމްޕަލްއިން ކޮވިޑް އަށް ޕޮޒިޓިވްވެފައިވާއިރު އެމީހުންނާ އެއް އިމާރާތެއްގައި ތިބި ބަޔަކާ ވަނީ ކޮންޓެކްޓުވެފައި ކަމަށެވެ.

އަދި ކޮންޓެކްޓުވި މީހުންގެ ތެރެއިން ހަތަރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން މިހާރު އެމީހުންނާއި ޑައިރެކްޓު ކޮންޓެކްޓުވި މީހުންގެ ރޭމްޑަމް ސާމްޕަލް ނެގުމުގެ ކަންކަން މިއަދު އޮންނާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ. 

ޝަމީމް ފާހަގަކުރި ގޮތުގައި ފަހުން ޕޮޒިޓިވްވި ހަތަރު މީހުންނަކީ ބޭރަށް ގޮސް އާންމުންނާ ބައްދަލުވާ މީހުން ކަމަށާއި އޭގެ ތެރޭގައި ސްކޫލަށްދާ ކުއްޖެއްވެސް އުޅެ އެވެ. އަދި މިހާރު ޑައިރެކްޓު ކޮންޓެކްޓުންގެ ގޮތުގައި 80 އެއްހާ މީހުން ވަނީ ދެނެގަނެވިފައި ކަމަށް ވެސް ޝަމީމް ފާހަގަކުރެއްވި އެވެ.

ރަށުގައި މިހާރު ދިމާވެފައިވާ ހާލަތާ ގުޅިގެން ޝަމީމް ވިދާޅުވީ އެރަށުގައި ހޯމް ކަރަންޓީނުގެ އުސޫލުތަކަށް ބަދަލު ގެނެއުމަށް ކައުންސިލް އިން ނިންމާފައިވާ ކަމަށެވެ. އެގޮތުން މީހުން އުޅޭ ގެތަކުގައި މީހުން ކަރަންޓީނުކުރާނީ އިތުރު ގޮތެއް ނެތިގެން ކަމަށް ވިދާޅުވި އެވެ. 

އެއީ މީހުން ދިރިއުޅޭ ގެއަކު ކަރަންޓީނު ކުރެވުމުން މިހާރު ރަށް ބިރުވެރި ހާލަތަށް އައިސްފައިވާތީ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

ކޮވިޑް-19 ގެ ކޭސްތައް ބާރަށުގައި ފެންނަން ފަށާފައިވާއިރު އެރަށް ވަނީ މިމަހު އެއްވަނަ ދުވަހު މޮނިޓަރިންނަށް ލާފަ އެވެ.

15%
ކަމުގޮސްފި
15%
އަޑުއެހިތާ މިހުރީ
46%
ސަތޭކައަކުން ސުމެއް
23%
ވަރަށް ސަލާމް
ކޮމެންޓްސް