ads
ކުރީގެ ލާރި
ކުރީގެ ނޫޓްތައް އާކުރުމުގެ ފުރުސަތު ޖުލައި 31 އާ ހަމަައަށް
މިއަހަރު ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ކުރިން ކުރީގެ ކަރުދާސް ނޫޓު މިހާރުގެ އާ ނޫޓްތަކަށް ބަދަލުކުރުމަށް އެމްއެމްއޭއިން އެދިއްޖެ އެވެ.

ކުރީގައި ބޭނުންކުރި ކަރުދާސް ނޫޓްތައް ބަދަލުކުރުމަށް އެމްއެމްއޭއިން ދިގު މުއްދަތެއް ދީފައިވާއިރު އެ ނޫޓުތައް މިއަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ކުރިން ބަދަލުކުރުމަށް އެމްއެމްއޭއިން ވަނީ އެދިފަ އެވެ. 

އެމްއެމްއޭއިން މައުލޫމާތުދޭ ގޮތުގައި އެ ތާރީހުގެ ފަހުން ކުރިން ބޭނުންކުރަމުން އައި ކަރުދާސް ނޫޓުތައް ބަދަލުނުކުރެވޭނެ އެވެ. އަދި މިހާރުވެސް ގިނަ އަދަދެއްގެ ކުރީގެ ކަރުދާސް ނޫޓުތައް އެ އިދާރާއަށް ލިބިފައިވާކަމަށް ވެސް އެމްއެމްއޭއިން ހާމަކުރެ އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އެމްއެމްއޭއިން ފޯރުކޮށްދޭ ހުރިހާ ހިދުމަތެއް އެޕޮއިންޓްމަންޓް އުސޫލަށް ބަދަލުކޮށްފައިވާއިރު ކަރުދާސް ނޫޓް ބަދަލުކުރަން ބޭނުންވާ ފަރާތްތަކުންވެސް އެޕޮއިންޓްމަންޓް ހެއްދުމުން ފައިސާ ބަދަލުކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް އެތަނުން ބުނެ އެވެ. 

އަދި އެޕޮއިންޓްމަންޓް ހެއްދުމަށް އައިޑީކާޑު ނަންބަރާއި، ދިރިއުޅޭ އެޑްރެހާއި، ގުޅޭނެ ނަންބަރާއި ބޭނުންވާ ހިދުމަތެއް ޖެއްސުމަށް ފަހު 7919292 އެސްއެމްއެސް ނުވަތަ ވައިބާ ކުރުމުން އެޕޮއިންޓްމަންޓް ހެއްދޭނެކަމަށް އެމްއެމްއޭއިން މައުލޫމާތު ދެއެވެ.

"ރަންދިހަ ފަހެއް" ނޫޓް ސީރީޒް ބޭނުންކުރަން ފެށުމާއި ގުޅިގެން ކުރީގެ ކަރުދާސް ނޫޓުތައް ބޭނުންކުރުން ހުއްޓާލާފައިވާއިރު ރަންދިހަ ފަހެއް ނޫޓް ސީރީޒް ބޭނުންކުރަން ފަށާފައިވަނީ 26 ޖަނަވަރީ 2016 ގައެވެ. 

އަދި ކުރިން ބޭނުންކުރި ކަރުދާސް ނޫޓްތަކާއި ހިލާފަށް މިހާރު ބޭނުންކުރާ ފައިސާގެ ނޫޓްތަކަކީ ސަލާމަތީގޮތުން ރައްކާތެރި، އަދި ކޮލިޓީ ރަނގަޅު ނޫޓްތަކެއް ކަމަށް ވެސް އެމްއެމްއޭއިން ބުނެ އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް