ads
ރާއްޖެ ގެންނަ އަސްތައް ބޯޓަށް އަރުވާފަ--
އައްޑޫއަށް ގެންނަ އަސްތައް ރާއްޖެއަށް ގެނުއުމުގެ މަގުމަތީގައި!
އައްޑޫއަށް ގެނެއުމަށް ނިންމާފައިވާ އަސްތައް ރާއްޖެއަށް ކަނޑުމަގުން ގެނެއުމަށް މޯލްޑިވްސް ޝިޕިންގެ ބޯޓަކަށް އަރުވައިފި އެވެ.

މިކަން ހާމަކޮށް އެ ޝިޕިން އެޖެންސީގެ ފަރާތުން ބުނީ، މިއީ ރާއްޖެއަށް އެ އެޖެންސީގެ ފަރާތުން ދިރޭ ޖަނަވާރެއް ގެންނަ ފުރަތަމަ ފަހަރުކަމަށެވެ. އަދި މިހާރުވަނީ އެ ބޯޓަށް ރާއްޖެއަށް ގެނެއުމަށް ނިންމާފައިވާ އަސްތައް އަރުވާފައެވެ. 

ރާއްޖެއަށް ގެންނަ އެ އަސްތަކާއިއެކު އެ ބޯޓު ބަނދަރުކުރާނެ ވަގުތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

އައްޑޫ ސިޓީއަށް 5 އަސް ގެނައުމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ހުއްދަދީފައިވަނީ ނިމިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ.  

އައްޑޫގެ ޒުވާނުންތަކެއް އިސްނަގައިގެން އެސިޓީއަށް އަސްތަކެއް ގެނައުމުގެ މަސައްކަތްކުރަމުންދާކަމަށާއި އެކަމަށް ބޭނުންވާ ހުއްދަތަށް ކަމާގުޅޭ މިނިސްޓްރީންތަކުން ހޯދާފައިވާކަން ހާމަކުރެއްވީ ރައްޔިތުންގެ މިޖިލީހުގެ ޖަލްސާއެއްގައި މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ދެވެ.

ރައީސް ނަޝީދު އެ ދުވަހު ވިދާޅުވީ އައްޑޫ އަށް އަސްގެނައުމަށް ކުރަމުންދާ މަސައްކަތް އެކަމުގެ މަސައްކަތްކުރާވާ ޒުވާނާ އެމަނިކުފާނާއި ހިއްސާކުރައްވާފައިވާކަމަށެވެ. އެގޮތުން އަސްތައް ގެނައުމުން އައްޑޫ ރައްޔިތުންނަށްވެސް އަދި އެސިޓީއަށް ޒިޔާރާތްކުރާ ފަތުރުވެރިންނާއި މެހެމާނުންނަށް ވެސް އެޔަށް އަރާލެވޭނެ ގޮތް މިކަން އިންތިޒާމުކުރާ ފަރާތުން ހަމަޖައްސަވާނެކަމަށް ޤަބޫލުކުރައްވާކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

"މިއީ ޝައުގުވެރި އަޖުމަބަލާލުން ރަނގަޅު ކަމަކަށް ވެގެންދާނެ،"ރައީސް ނަޝީދު އެ ހުއްދައާއި ގުޅިގެން ވިދާޅުވިއެވެ.
މި އަސްތައް ރާއްޖެ ގެންނަނީ އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އެނިމަލް ބޯޑުގެ ނަގަންޖެހޭ ހުއްދަ ނަގައިގެންނެވެ. އަސްތައް ގެންނަނީ ޖަހަންޖެހޭ ވެކްސިންޖަހައި އެތަކެތި ބަލަހައްޓާނެ އެކަށީގެންވާ ތަނެއް ހަމަޖައްސައިގެންކަމަށް އެ އަސްތައް އެތެރެކުމަށް މަސައްކަތް ކުރާ ޒުވާނުން ބުންޏެވެ.

މީގެކުރިން ރާއްޖޭގެ ބައެއް ރިސޯޓްތަކަށް ވެސް ވަނީ އަސްގެނެސްފައެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް