ads
މާލޭ ފުޑް ކޯޓް-
8 ގެ ފަހުން ކެފޭތައް އިތުރު އެއް ހަފްތާއަށް ބަންދުކުރަން ނިންމައިފި
ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ރޭގަނޑު އަށެއްގެ ފަހުން ބަންދުކުރުމަށް އަންގައިފައި އޮތް އެންގުން އިތުރު އެއް ހަފްތާއަށް ދިގުދަންމާލަން ނިންމައިފި އެވެ.

އެޗްޕީއޭއިން ނެރެފައިވާ ބަޔާނެއްގައި ބުނީ މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުން ފެށިގެން، ހަތް ދުވަހުގެ މުއްދަތަށް، މާލެ ސަރަހައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅީފަޅު) ގައި ހިންގާ ކެފޭ، ހޮޓާ، ރެސްޓޯރަންޓް ފަދަ، އާންމުންނަށް ކާބޯތަކެތީގެ ހިދުމަތް ދޭ އެންމެހައި ތަންތަނުން، ޓޭކް އަވޭއާއި ޑެލިވަރީގެ ހިދުމަތް ފިޔަވައި އެހެނިހެން ހިދުމަތް ދިނުން ރޭގަނޑު 8:00 އިން ފެށިގެން ހުއްޓައިލުމަށް އަންގާފައިވާ އެންގުން އިތުރު އެއް ހަފްތާއަށް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ. 

އެގޮތުން މާދަމާއިން ފެށިގެން ކުރިއަށްއޮތް ހަފްތާއަށްވެސް ރޭގަނޑު 8:00 އިން ފެށިގެން މާލޭ ސަރަހައްދުގެ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ހިދުމަތް މެދުކަނޑާލުމަށާއި، ޓޭކް އަވޭއާއި ޑެލިވަރީގެ ހިދުމަތްތައް ވެސް ރޭގަނޑު 10:30 އިން ފެށިގެން ހުއްޓައިލުމަށް ވަނީ އަންގާފައެވެ.

މި ބަދަލާއިއެކު ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ފިހާރަތަކާއި ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރުމަށް އެޗްޕީއޭއިން ވަނީ އެދިފައެެވެ. 

ކޮވިޑް-19ގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ އެޗްޕީޢޭއިން ވަނީ މިއަދުން ފެށިގެން އެޕްރީލް ހަތަރުވަނަ ދުވަހުގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުވެސް ދިގު ދަންމާލާފައެވެ. އަދި ފަސް މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗާއި އާއްމުން އެއްވެ އުޅޭ ތަންތަންނަށް އެއްވެ އުޅުންވެސް ވަނީ މަނާކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް