އެމްޑީޕީން ރައްޔިތުންނަށްވެފައި ވަނީ "ހޮޅި" ވައުދުތަކެއް ކަމަށް ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

Advertisement
ޣައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީންވީ ވައުދުތައް ހަނދާން އެބަހުރި ކަމަށާއި އެއްވެސް ކަމެއް ހާސިލްވާތަން ނުފެންނާތީ އެއީ ހޮޅި ވައުދުކަން މިއަދު އެންމެނަށް ވެސް އެނގޭ ކަމަށެވެ.
އެގޮތުން ލައިވްކޮށް ކިތަންމެ ކޮމިޓީއެއް ބޭއްވިޔަސް، ހަގީގަތް ރައްޔިތުންނަށް އޮޅުވާ ނުލެވޭނެ ކަމަށް ވިދާޅުވި އެވެ.
އޭގެ އިތުރުން ޣައްސާން ވަނީ ރައީސް ޔާމިންގެ ހިދުމަތާއި ފުއްދެވި ވައުދުތައް ފެންނަން އެބަ ހުރި ކަމަށް ވިދާޅުވެފަ އެވެ.
އެ ޓްވީޓާއެކު ހިއްސާކުރެއްވި ފޮޓޯއިން ފެންނަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން، އަޅާފައިވާ 25 ބުރީގެ ޓަވަރުތަކެވެ. އެއީ ރައީސް ޔާމީންގެ ސަރުކާރުން ފެށި މަޝްރޫއެކެވެ.