ads
ހއ. ބާރަށް
ބާރަށުގެ 300 އަށް ވުރެ ގިނަ ގެ ކަރަންޓީނުގައި
ހއ. ބާރަށުގައި 300 އަށް ވުރެ ގިނަ ގެ ވަނީ ކަރަންޓީނުކޮށްފައި ކަމަށް އެރަށުގެ ކައުންސިލްގެ ރައީސް އަލީ ޝަމީމް ވިދާޅުވެއްޖެ އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ޝަމީމް ވިދާޅުވީ ބާރަށުން އިއްޔެ ވަނީ އިތުރު ނުވަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ކަމަށާއި އެމީހުންގެ ކޮންޓެކް ޓްރޭސިންގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށެވެ.

އެރަށުގައި ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ހޯމް ކަރަންޓީނުގައި ތިބި ނުވަ މީހުންނެވެ. އަދި އެމީހުން ހޯމް ކަރަންޓީނާ ހިލާފުވުމުގެ ސަބަބުން އެގޭގައި ތިބި ހަތަރު މީހަކު ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި އެ ހަތަރު މީހުންނާ ކޮންޓެކްޓުވި މީހުންގެ ތެރެއިން މިހާތަނަށް ބާރަށުން ވަނީ އިތުރު ނުވަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

މިއަދަދުތަކާ އެކު އެރަށުން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 22 އަރާފައި ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

އަދި މިހާތަނަށް ކޮވިޑްގެ ކެސްތަކާ ގުޅިގެން ބާރަށުން 300 އަށް ވުރެ ގިނަ ގެއެއް ވަނީ ކަރަންޓީނު ކުރެވިފައި ކަމަށްވެސް ޝަމީމް ވިދާޅުވެ އެވެ.

ރަށުގައި މިހާރު ދިމާވެފައިވާ ހާލަތާ ގުޅިގެން ޝަމީމް ވިދާޅުވީ އެރަށުގައި ހޯމް ކަރަންޓީނުގެ އުސޫލުތަކަށް ބަދަލު ގެނެއުމަށް ކައުންސިލް އިން ނިންމާފައިވާ ކަމަށެވެ. 

ކޮވިޑް-19 ގެ ކޭސްތައް ބާރަށުގައި ފެންނަން ފަށާފައިވާއިރު އެރަށް ވަނީ މިމަހު އެއްވަނަ ދުވަހު މޮނިޓަރިންނަށް ލާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް