އަލީ ޒައީދު މިހެން ވިދާޅުވީ ދީނީ އިލްމުވެރިއާ ، ޑރ. މުހައްމަދު އިޔާޒު މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ، ގެ ލެކްޗަރާގެ މަގާމުން ސަސްޕެންޑު ކުރުމާއި ގުޅިގެން ނުރުހުންފާޅުކޮށް މިއަދު ކުރެއްވި ޓްވީޓެއްގައިއެވެ.
ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ޑރ. އިޔާޒު ވަނީ އެމްއެންޔޫގެ އެސިސްޓަންޓް ޕްރޮފެސާގެ މަގާމުން އޭނާ ސަސްޕެންޑުކޮށްފައިވާކަން ކަށަވަރުކޮށްދެއްވާފަ އެވެ.
އަދި ސަސްޕެންޑު ކޮށްފައިވަނީ 14 ދުވަހަށްކަން ހާމަކުރައްވާ ވިދާޅުވީ އެމްއެންޔޫގެ އެޗްއާރުން ސަސްޕެންޑު ކުރި ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ ޑރ. އިޔާޒު ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓުތަކުގެ ސަބަބުން އާންމުނަށް އެކަމުގެ ނުރަނގަޅު އަސަރުކުރާތީ އެކަން ތަހުގީގު ކުރުމަށް ކަމަށެވެ.