- ދިވްޔަންކާ އާއި ވިވޭކް
އެކްތާ ކަޕޫރުގެ ޔޭ ހޭ މޮހައްބަތޭއިން އިން ދެތަރިން ލޯބީގެ ގޮތުން ގުޅުމަށް ފަހު ވިވޭކް އާއި ދިވްޔަންކާ ވަނީ 2016 ވަނަ އަހަރުގެ ތެރޭގައި ކައިވެނިކޮށްފަ އެވެ. މިއީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ޖޯޑެކެވެ. މި ދެތަރިންނަށް އަދި ދަރިއަކު ނުލިބެ އެވެ.
- ކަރަން އަދި ކްރިތިކާ
ކަރަން އާއި ކްރިތިކާ މިހާރު އުޅެނީ އެކުގައެއް ނޫނެވެ. އެކްތާ ކަޕޫރުގެ ކިތްނީ މޮހައްބަތޭއިން ހޭގެ ތެރެއިން މި ދެތަރިން ލޯބީގެ ގޮތުން ގުޅުނު ނަމަވެސް އެ ގުޅުން މާދުވަހަކަށް ނުގެންދެވުނެވެ. ކްރިތިކާ ސިންގަލްކޮށް ހުއްޓަސް، ކަރަން ވަނީ އަނުޝްކާ ޑަޑެކާރާއެކު ޑޭޓުކުރަން ފަށާފަ އެވެ. އެކަމަކު އެގުޅުން ވެސް މިހާރު ވަނީ ނިމުމަކަށް އައިސްފަ އެވެ.
- ގޯތަމީ އާއި ރާމް ކަޕޫރު
ގޯތަމީ އާއި ރާމް ރައްޓެހިވީ ގަރް އޭކް މަންދިރުގެ ޝޫޓިންގެ ތެރެއިންނެނެވެ. ރައްޓެވިގެން އުޅުމަށް ފަހު 2003 ވަނަ އަހަރުގެ ލޯބިވެރިންގެ ދުވަހު، އެމީހުން ކައިވެނިކުރިއިރު އެ ކައިވެންޏަށް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ވެސް ލިބިފައިވެ އެވެ.
- ސުޝާންތާއި އަންކިތާ
އަންކިތާ އާއި ސުޝާންތު ލޯބީގެ ގޮތުން ގުޅުނީ ޕަވިތްރަ ރިޝްތާގެ ތެރެއިންނެވެ. އެންމެ މަގްބޫލު ޖޯޑުގެ ގޮތުގައި އެމީހުން ހިމެނުނެވެ. ޖަލަކް ދިކްލާޖާގެ ތެރެއިން ސުޝާންތު އަންކިތާއަށް ޕްރޮޕޯސްކުރިއިރު ހަތް އަހަރު އެކުގައި އުޅުމަށް ފަހު އެމީހުން ވަކިވީ ސުޝާންތު ބޮލީވުޑަށް ދިޔަ ފަހުންނެވެ. އޭގެ ފަހުން ސުޝާންތު އެހެން މީހަކާއި ރައްޓެހިވިއިރު އަންކިތާ ވެސް މޫވް އޮންކުރި އެވެ.
- އާޝާ އާއި ރިތުވިކް
ޕަވިތުރަ ރިޝްތާ އިން ލޯބީގައި ޖެހުނު އަނެއް ޖޯޑަކީ މިއީ އެވެ. ހަތް އަހަރު އެކުގައި އުޅުމަށް ފަހު މި ދެތަރިން ވެސް މިވަނީ ވަކިވެފަ އެވެ. ބެލެވޭ ގޮތުގައި މިހާރު ރިތުވިކް ވަނީ މޫވް އޮންކޮށްފަ އެވެ.