އިރާނުގެ ސިފައިން ނުވަތަ ރެވެލިއުޝަނަރީ ގާޑުން މިއަދު ބުނީ ހައިޖެކް ކުރުމަށް މަސައްކަތް ކޮށްފައިވަނީ އީރާނުގެ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ފްލައިޓެއް ކަމަށެވެ.
ފްލައިޓް ޕާސިއަން ގަލްފުގެ ދެކުނު އައްސޭރި އާއި ދިމާލަށް މިސްރާބު ބަދަލުކުރަން އުޅުނުކަމަށް ވެސް އިރާނު ސިފައިން ބުނެއެވެ. އެއީ އެމެރިކާ ސައުދީ އަދި އިނގިރޭސި ވިލާތް ވެސް ހިމެނޭ ސަރަހައްދެވެ.
އީރާނުގެ އެތެރޭގެ އުދުހުންތަކުގައި ރެވެލިއުޝަނަރީ ގާޑުގެ ސިފައިން ހަތިޔާރާއެކު ބައިތިއްބައެވެ.
ހައިޖެކްކުރުން ނާކާމިޔާބު ކޮށްލުމަށްފަހު އެ ފްލައިޓްވަނީ އެމެޖަންސީކޮށް އީރާނުގެ ސިޓީއެއްކަމަށްވާ އިސްފާޝަންގައި ޖައްސާފައެވެ.